ސަރުކާރުގެ ފަރާތުން ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ހުށަހެޅުއްވި ފުލުހުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި ބެކްގްރައުންޑު ޗެކް ކުރުމަކީ އިހުތިޔާރީ ކަމަކަށް ހެދުމަށް، އޮތުމުން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިއުން އަމާޒު ވިއެވެ.
އެއާއެކު މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ (241) ކޮމިޓީން ވަނީ ބިލަށް އިސްލާހު ގެނެސް، ބެކްގްރުންޑް ޗެކް ކުރާއިރު، ޕޮލިގްރަފިކް ޓެސްޓް ހެދުމަށް އޮންނަ އޮތުން އުނިކޮށްފައެވެ. ނަމަވެސް ޕޮލިގްރެފިކް ޓެސްޓް ހެދުމަށް ހުރަސް ނާޅާކަމަށް ބިލުގައި ބުނެފައި ވެއެވެ.
ޕޮލިގްރާފް ޓެސްޓް ހެދުން މަޖުބޫރުކޮށް ގާނޫނުގައި އޮތް އޮތުން އުނިކޮށް މިއަދު މަޖިލީހުން ފާސްކުރީ ފުލުހުންގެ ވަޒީފާއަށް ނަގާއިރު ބެކްގްރައުންޑް ޗެކްކުރުމާއެކު ޕޮލިސް ރިޕޯޓް ހުށަހެޅުމަށްވެ.
މި ބިލު މަޖިލީހުން ފާސްކުރީ ވޯޓްގައ ބައިވެރިވެވަޑައިގެންނެވި 43 މެމްބަރުންގެ އިއްތިފާގުން ނެވެ.