ads
2014 މަޖިލިސް ޖަލްސާއެއްގެ ތެރެއިން
އަވަހާރަކޮށްލަން ރޭވި ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ސަލާމަތް ކުރެވުނީ ކިރިޔާ!
2014 ވަނައަހަރު، އޭރު ރާއްޖޭގެ އެއްމެ ނުރައްކާތެރި ކުށްވެރިންގެ ގޮތުގައި ލިސްޓް ކޮށް އާއްމުކޮށްފައިވާ މީހުންގެ ތެރެއިން، ދެ މީހަކު ޖަލުން ފިލައިގެން ދިޔައީ އޭރު އޮތް ރައްޔިތުންގެ މަޖިލީގެ މެމްބަރެއް އަވަހާރަކޮށްލަން ކަމަށް، އޭރު ހޯމް މިނިސްޓަރުކަމުގައި ހުންނެވި އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
Advertisement

ސީއެންއެމްއަށް ދެއްވި އެކްސްކުލޫސިވް އިންޓަވިއުއެއްގައި އުމަރު ވިދާޅުވީ، ދެ ކުށްވެރިން ޖަލުން ފިލާފައިވަނީ އޭރުގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު އަވަހާރަކޮށްލަން ކޮންޓްރެކްޓެއް ލިބުމުން ކަމަށް ފުލުހުންގެ އިންޓެލިޖެންސް އަށް މައުލޫމާތު ލިބިވައިވާކަމަށެވެ. އަދި ފުލުހުންގެ ފަރާތުން އެމަނިކުފާނަށް އެކަން އެންގެވި ކަމަށާއި، އެ ދެ މީހުން އަލުން ހައްޔަރުކުރުމަށް ހަތިޔާރުގެ ބޭނުންކުރަން ހުއްދަ ދެއްވީ އެހެންވެގެން ކަމަށެވެ.

އަދި، ދިވެހި ފުލުހުންނަށް ހަތިޔާރު ބޭނުންކުރުމުގެ ބާރު އޭރު ނޯންނާތީވެ، ހޯމް މިނިސްޓަރުގެ ހައިސިއްޔަތުން އޭރުގެ ޑިފެންސް މިނިސްޓަރު އަރިހުން އެކަމަށް އެހީތެރިވެދޭން އެދުނުކަމަށާއި، ހޯމް މިނިސްޓްރީ އިން އަންގަވާފައިވަނީ، އެ ދެ މީހުން ހައްޔަރުކުރުމުގެ ތެރޭގަ، ހައްޔަރުކުރަންދާ ފުލުހުންނާއި އެއްވެސް ކުރިމަތިލުމެއް ހިންގައިފިނަމަ، "ޝޫޓް އެޓް ސައިޓް" ނުވަތަ ވަގުތުން ބަޑި ބޭނުންކޮށްގެން ހަމަލާ ދިނުމަށްކަމަށްވެސް އުމަރު ވިދާޅުވިއެވެ.

އަދި މިކަން ތަންފީޒުކުރަން ދިވެހި ދައުލަތުން ފަސްނުޖެހޭނެކަމަށް އަންގާ އިއުލާނުކުރުމާއި އެކު، އެ މީހުންގެ އާއިލާ އަދި ގާތްމީހުންގެ ފަރާތުން އެމީހުން އަމާންދީ ފުލުހުންނާއި ހަވާލުވާނެކަމަށް ބުނެ އެންގިކަމަށްވެސް އުމަރު ވިދާޅުވިއެވެ.

އެއަށްފަހު މާގިނައިރުތަކެއް ނުވެ، ފުލުހުންގެ ބެލުމުގެ ދަށަށް އެމީހުން ގެނެވުނުކަމަށާއި، އެއްވެސްވަރެއްގެ ބާރެއް އެކަމުގައި ފަހުން ބޭނުންކުރަން ނުޖެހުނުކަމަށްވެސް އުމަރު ވިދާޅުވިއެވެ.

އަވަހާރަކޮށްލަން ރާވައިފައިވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އެކަމުން ސަލާމަތްކުރެވުނީ، "ޝޫޓް އެޓް ސައިޓް" ގެ އޯޑަރު ނެރެ އާއްމުކުރުމުން ކަމަށާއި މިކަމުން ދައްކައިދެނީ، އެމަނިކުފާނު މިހާރުވެސް އެކަމަކަށް ވަކާލާތުކުރައްވާ ފުލުހުން ހަތިޔާރު ބޭނުންކުރުމުގެ ފައިދާ ކަމަށްވެސް އުމަރު ވިދާޅުވިއެވެ.

ފުލުހުންނަށް ހަތިޔާރު ބޭނުންކުރަން ހުއްދަ ދީ، ހަތިޔާރު ބޭނުންކުރަން ޖެހިއްޖެ ހާލަތެއްގައި އެކަން ކުރާނެކަން، ކުށްކުރާ މީހުންނަށް އެނގޭނެނަމަ، މިހާރަށް ވުރެ ގައުމު އަމާންވާނެކަމަށާއި، އަދި މިހާރު ދިމާވެގެން އުޅޭ ނުރައްކާތެރި ކުށްވެރިން "ކޮންޓްރޯލް" ނުކުރެވިގެން އުޅޭ އުޅުން ހުއްޓުމަކަށް އަންނާނެކަމަށްވެސް އުމަރު ވިދާޅުވިއެވެ.

70%
ކަމުގޮސްފި
3%
އަޑުއެހިތާ މިހުރީ
10%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް