ހަނަފީ އިމިގްރޭޝަން ކޮންޓްރޯލާގެ މަގާމުގައި ހުންނެވީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައެވެ.
ހަނަފީ ޖޭޕީން މިއަދު ވަކިވިއިރު އެ ޕާޓީގެ ލީޑަރުގެ އެޑްވައިޒަރުގެ މަގާމަށް އޭނާ އައްޔަން ކުރެއްވީ އިއްޔެގެ ވަގުތެއްގައެވެ.
މިދިޔަ ފެބްރުއަރީ މަހު ބޭއްވި ޖޭޕީގެ ކޮންގްރެސްގައި، ޕާޓީގެ ޑެޕިއުޓީ ލީޑަރުގެ މަގާމަށް ވެސް ހަނަފީ ވާދަކުރެއްވިއެވެ. ނަމަވެސް ނައިބު ލީޑަރުކަން ކާމިޔާބު ކުރެވިފައެއް ނުވެއެވެ.
ޖުމްހޫރީ ޕާޓީގެ މެމްބަރުކަމުން ހަނަފީ ވަކިވިއިރު، އެޕާޓީން އަންނަނީ އަންނަ ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރުމަށް ތައްޔާރު ވަމުންނެވެ.