ads
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމަށް ރެހެންދި އެވޯޑު ހަވާލު ކުރައްވަނީ - ފޮޓޯ:ރައީސް އޮފީސް
އަންހެނުން ބާރުވެރިކުރުވުމުގެ އެވޯޑް އެމްޓީސީސީއަށް
ރޭ ބޭއްވި ރެހެންދި އެވޯޑު ރަސްމިއްޔާތުގައި މަސައްކަތުގެ މާހައުލުގައި އަންހެނުން ބާރުވެރިކުރުވައި އަންހެނުން ކުރިއެރުވުމަށް މަސައްކަތް ކުރާ ކުންފުންޏަށް ދޭ އެވޯޑް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އަށް ދީފިއެވެ.

އެމްޓީސީސީގެ ފަރާތުން އެ އެވޯޑާ ހަވާލުވެވަޑައިގަތީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަ އާދަމް އާޒިމެވެ.

އެމްޓީސީސީން ބުނެފައިވަނީ ރެހެންދި އެވޯޑް ލިބުމަކީ އަންހެނުން ބާރުވެރިކުރުވައި ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުމަށް އެ ކުންފުނިން ކުރަމުން އަންނަ މަސައްކަތްތަކަށް ލިބުނު ކުރިއެރުމެއް ކަމަށެވެ. އަންހެނުން ބާރުވެރިކުރުވުމަށް އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.

ރެހެންދި އެވޯޑް ލިބުމަކީ ޖިންސުގެ ހަމަހަމަކަމަށް ކުރަމުން އަންނަ މަސައްކަތަށް ލިބުނު އިތުރު ހިތްވަރެއްކަން ފާހަގަކޮށް އެމްޓީސީސީން ބުނީ އެ މަސައްކަތް ކުރިއަށް އޮތްތަނުގައި ފުޅާކުރާނެ ކަމަށެެވެ.

އަންހެނުން ކުރާ މަސައްކަތްތަކާއި އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމަށް ކުރާ މަސައްކަތްތަކުގެ އިތުރުން އަންހެނުންގެ ކުރިއެރުމަށް މަސައްކަތް ކުރާ ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން 2014 ވަނަ އަހަރު ދޭން ފެށި މި އެވޯޑު ވަކިވަކި ފަރުދުންނަށާއި ޖަމިއްޔާތަކަށް އަދި މުއައްސަސާތަކަށް ވެސް ދެއެވެެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް