ads
ރާއްޖެ- ޕާކިސްތާނު މެޗުގެ ތެރެއިން
ޕާކިސްތާނު އަތުން ރާއްޖެ މޮޅުވެއްޖެ
ލ. އަތޮޅުގައި މިއަދު ހަވީރު ދިވެހިރާއްޖެއާ ޕާކިސްތާނު ކުޅުނު އެކުވެރިކަމުގެ މެޗުން ރާއްޖެ މޮޅުވެއްޖެއެވެ.
Advertisement

ލ. ގަމު ޒޯން ސްޓޭޑިއަމްގައި ކުޅުނު މި މެޗުން ރާއްޖެ މޮޅުވީ އެއް ލަނޑު ސުން ލަނޑުންނެވެ. މެޗުގެ ހަމައެކަނި ލަނޑު ޖެހީ އިބްރާހިމް އައިސަމްއެވެ. 

މެޗުގައި ރާއްޖޭން ލަނޑު ޖެހި އައިސަމަށް ފަހުންވަނީ ރަތް ކާޑެއް ދައްކާފައެވެ. އެކަމަކު އެއީ މެޗު ނިމެން ކައިރިވެފައިވަނިކޮށެވެ. އައިސަމް ލަނޑު ޖެހީ ފުރަތަމަ ހާފުގައެވެ. 

މިއީ ވޭތިވެދިޔަ 10 ވަރަކަށް އަހަރުގެ ތެރޭގައި ރާއްޖޭން ޕާކިސްތާނާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗެވެ. ރާއްޖޭން ޕާކިސްތާނާ ދެކޮޅަށް އެންމެ ފަހުން ކުޅުނީ 2013 ވަނަ އަހަރު މާލޭގައެވެ. 2013 ވަނަ އަހަރު ރާއްޖޭން މާލޭގައި ޕާކިސްތާނާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ ދެ މެޗުން އެއް މެޗުގައި 3-0 އިން މޮޅުވިއިރު، އަނެއް މެޗު ނިމުނީ 1-1 އިން އެއްވަރުވި އެވެ. 

 

29%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
71%
ވަރަށް ސަލާމް
ކޮމެންޓްސް