ads
އެ ސްޓޫޑިއޯއިން ޕޮޓަރީ އަދި ސެރަމިކް އާޓްގެ ދަސްކޮށްދިނުމަށް ކޯސްތައް ހިންގުމުގެ އިތުރުން އެ މަސައްކަތް ތަޖުރިބާކޮށްލަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދޭނެ - ފޮޓޯ:އެޗްޑީސީ
ހުޅުމާލޭގައި ސެރަމިކް އާޓް އަދި ޕޮޓަރީ ތައްޔާރުކުރާ ކްލޭ ސްޓޫޑިއޯއެއް
ހުޅުމާލޭގައި ސެރަމިކް އާޓް އަދި ޕޮޓަރީ ތައްޔާރުކުރާ ކްލޭ ސްޓޫޑިއޯއެއް ހުޅުވައިފިއެވެ.

ކްލޭ ސްޓޫޑިއޯ ހުޅުވައިދެއްވީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފެވެ. މި ކްލޭ ސްޓޫޑިއޯ ހުޅުވާފައި ވަނީ ރެއިން ކްރެސްޓް ރެސިޑެންސް އިމާރާތުގެ ގްރައުންޑް ފްލޯގައެވެ. 

އެޗްޑީސީން ބުނީ އެ ސްޓޫޑިއޯއިން ޕޮޓަރީ އަދި ސެރަމިކް އާޓްގެ ދަސްކޮށްދިނުމަށް ކޯސްތައް ހިންގުމުގެ އިތުރުން އެ މަސައްކަތް ތަޖުރިބާކޮށްލަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދޭނެ ކަމަށެވެ.

އޭގެ ތެރޭގައި އެކުވެރިންނާ އެކު ނެގޭ ގަޑިތަކާއި އިންޑިވިޖުއަލް ގަޑިތައް ވެސް ހިމެނޭނެ ކަމަށާއި ކުޑަކުދިންނަށް ވެސް މި ފަންނު ދަސްކޮށް ތަޖުރިބާކުރުމުގެ ފުރުސަތު ކްލޭ ސްޓޫޑިއޯއިން ހުޅުވާލާފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

your imageހުޅުމާލޭގައި ހުޅުވި ސެރަމިކް އާޓް އަދި ޕޮޓަރީ ތައްޔާރުކުރާ ކްލޭ ސްޓޫޑިއޯ - ފޮޓޯ:އެޗްޑީސީ

އެޗްޑީސީން ބުނި ގޮތުގައި އެކި ވޯކްޝޮޕްތަކާއި ފަންނުވެރިންގެ ހުނަރު ދައްކުވައިދޭ އެގްޒިބިޝަންތައް ބާއްވާއިރު ފްރީލާންސް އާޓިސްޓުންނަށް ސްޓޫޑިއޯ ބުކްކޮށް ބޭނުންކުރެވޭނެ ކަމުގައެވެ.

ފަންނުވެރި ހުނަރުވެރި ތަޖުރިބާކާރުންތަކެއް ހިންގާ މި ސްޓޫޑިއޯއަކީ ރާއްޖޭގައި ހިންގާ ޕޮޓަރީ އަދި ކްލޭ އާޓްގެ ފުރަތަމަ ސްޓޫޑިއޯއެވެ.

57%
ކަމުގޮސްފި
43%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް