ads
ފިނޭންސް މިނިސްޓަރު އަމީރު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ - ފޮޓޯ:މަޖިލިސް
ތަކެތީގެ އަގުތައް ހިފެހެއްޓުމަށް އެސްޓީއޯއިން މަސައްކަތް ކުރޭ: އަމީރު
ރޯދަމަހު ބާޒާރުގައި ޑިމާންޑަށް އަންނަ ބަދަލުތަކާ ގުޅިގެން ތަކެތީގެ އަގު ބޮޑުވާ މައްސަލައަށް ހައްލު ހޯދުމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ފިޔަވަޅު އަޅަމުންދާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

އަމީރު މިހެން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ކޮންމެ އަހަރެއްގެ ވެސް ރޯދަމަހާ ދިމާކޮށް ބާޒާރުގައި ތަކެތީގެ އަގު އުފުލޭ ކަމަށް ފާހަގަކުރެވޭތީ، އެ ކަމަށް ސަރުކާރުން އެއްވެސް ފިޔަވަޅެއް އަޅާތޯ ސާފުކުރެއްވުމުގެ ގޮތުން ޖާބިރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން އަމީރު ވިދާޅުވެފައިވަނީ ރޯދަމަހު ތަކެތީގެ އަގު އުފުލޭކަން ފާހަގަކުރެއްވޭ ކަމަށެވެ.

އަމީރު ވިދާޅުވި ގޮތުގައި ބާޒާރުގައި އުފުލޭ ޑިމާންޑާ އެއްވަރަށް މުދާ ސަޕްލައިކޮށް، މުދަލުގެ އަގު އުފުލުނަ ނުދީ ހިފެހެއްޓުމަށް އެސްޓީއޯއިން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމުގައެވެ.

އަމީރު މިހެން ވިދާޅުވެފައިވާއިރު، މިފަހުން އެސްޓީއޯއިން ވެސް ބުނެފައިވަނީ ކޮންމެ ރޯދަ މަހަކުވެސް ބާޒާރުގައި އާންމު ކާބޯތަކެތީގެ އަގުތައް އަތްފޯރާފަށުގައި ހިފެހެއްޓުމަކީ އެ ކުންފުނީގެ ވަރަށް ބޮޑު އަމާޒެއް ކަމަށެވެ. އެގޮތުން ބާޒާރުގައި ލިނބޯގެ އަގު އުފުލެން ފެށުމާ ގުޅިގެން އެސްޓީއޯއިން ވަނީ ރާއްޖެއަށް ލިނބޯ އެތެރެކޮށް ހެޔޮ އަގުގައި ވިއްކަން ފަށާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް