ads
ދިރާގުން ވަނީ މި ރޯދަ މަހު ކޮންމެ ދުވަހަކު އިނާމުތަކާއި ކޮންމެ ހަފުތާއަކު
ދިރާގުން ރޯދަ މަހު ކޮންމެ ދުވަހަކު ހުރިހާ ކަސްޓަމަރުންނަށް ހަދިޔާތަކެއް
ދިރާގުން މި ރޯދަ މަހު ކޮންމެ ދުވަހަކު އިނާމުތަކާއި ކޮންމެ ހަފުތާއަކު "ބޮޑު ހަދިޔާ" އާއެކު ރޯދަމަހަށް ހާއްސަ ޕްރޮމޯޝަންތަކެއް އިއުލާނުކޮށްފިއެވެ.

ދިރާގު ހެޑް އޮފީހުގައި މިއަދު ބޭއްވި ހާއްސަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ މި އޮފާތަކާއި އެ ކުންފުނީގެ ރޯދަ މަހުގެ ހާއްސަ ހަރަކާތްތައް ނޫސްވެރިންނާ ހިއްސާކޮށްފައެވެ. 

ދިރާގު ބޮޑު ހަދިޔާ އާއެކު އެ ކުންފުނީގެ ހުރިހާ ކަސްޓަމަރުންނަށް ރޯދަ މަހުގެ ކޮންމެ ހަފުތާއަކު 'މައިޑިއާ' ބްރޭންޑުގެ އަގުހުރި ހޯމް އެޕްލައިންސް ޕެކެއް ލިބުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ. ދިރާގުން ބުނީ މި ޕެކްގެ ތެރޭގައި ފުލީ އޮޓޮމެޓިކް ދޮންނަ މެޝިން، ދެ ދޮރު ލީ އައިސް އަލަމާރި، އަވަން، މައިކްރޮވޭވް އަދި ވެކިއުމް ކްލީނަގެ އިތުރުން އެހެނިހެން ސާމާނުވެސް ހިމެނޭ ކަމަށެެވެ. ދިރާގު ޕްރީޕެއިޑް، ޕޯސްޓްޕެއިޑް، މޮބައިލް ބްރޯޑްބޭންޑް އަދި ފައިބަ ބްރޯޑްބޭންޑް ގެންގުޅުއްވާ ހުރިހާ އެކްޓިވް ކަސްޓަމަރުންވެސް މީގައި ހިމެނޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ. 

ދިރާގުން ބުނެފައިވަނީ 'ބޯނަސް މެގަ ހަދިޔާ' ގެ ނަމުގައި އެ ކުންފުނީގެ ހުރިހާ އެކްޓިވް ޕްރީޕެއިޑް، ޕޯސްޓްޕެއިޑް، މޮބައިލް ބްރޯޑްބޭންޑް އަދި ފައިބަ ބްރޯޑްބޭންޑް ކަސްޓަމަރުންގެ ތެރެއިން ނަސީބުވެރި އެއް ފަރާތަކަށް ދެ މީހެއްގެ އުމުރާ ދަތުރެއް ލިބިގެންދާނެ ކަމަށެވެ.

ދިރާގު މޮބައިލް އަދި ފައިބަ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ހާއްސަ ކޮށްގެން ރޯދަ މަހުގެ ހާއްސަ ގިނަ ޕްރޮމޯޝަންތަކެއްވެސް އެ ކުންފުނިން ވަނީ ތައާރަފުކޮށްފައެވެ. އޭގެ ތެރޭގައި:

ޑެއިލީ ގިފްޓް: ކޮންމެ ދުވަހެއްގެ ފަތިހު 4:00 އިން ފެށިގެން ހެނދުނު 9:00 އަށް ކަސްޓަމަރުންނަށް ހާއްސަ ލިމިޓެޑް ޓައިމް އޮފާ އެޑް-އޮންއެއް ކާމިޔާބު ކުރެވޭނެ. މި ލިބޭ ހާއްސަ އެޑް-އޮން އެއް ދުވަހަށް ބޭނުން ކުރެވޭނެ.

ބޯނަސް ގިފްޓް: ދިރާގު އެޕް މެދުވެރިކޮށް އެޑް-އޮންއެއް ނުވަތަ ބޫސްޓައެއް ގަންނަ ކޮންމެ ކަސްޓަމަރަކަށްވެސް 24 ގަޑިއިރުގެ މުއްދަތަކަށް އިތުރު ހިލޭ އޮފާއެއް ލިބިގެން ދާނެ 

ރޯދަ ހަދިޔާ ފިހާރަ: ދިރާގު އެޕްގެ ޑިޖިޓަލް ރޯދަ ހަދިޔާ ފިހާރައިން ހާއްސަ އެކްސްކްލޫސިވް އޮފާތަކެއް ހުރިހާ ކަސްޓަމަރުންނަށްވެސް ލިބޭނެ

ޑަބަލް ޑޭޓާ ބޫސްޓަ: ރޯދަ މަހުގެ ލިމިޓެޑް ޓައިމް އޮފާއެއްގެ ގޮތުން ހާއްސަ ފައިބަ ބްރޯޑްބޭންޑް އިންޓަނެޓް ބޫސްޓަ ނަގާ ކޮންމެ ފަރާތަކަށް ވެސް ދެގުނަ ޑޭޓާ ލިބޭނެ

ދިރާގު އެޕް މެދުވެރިކޮށް ހުރިހާ ކަސްޓަމަރުންނަށްވެސް މި ހާއްސަ އޮފާތަކަށް ސަބްސްކްރައިބް ކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

މި އަހަރު ދިރާގު ރޯދަ މަހުގެ ކެމްޕެއިންގެ ޝިއާރު ބިނާކޮށްފައިވަނީ މަންމައިންގެ އަގުވަޒަން ކުރުމަށާއި މަންމަ އާއެކު އޮންނަ ގުޅުން ބަދަހިކުރުމުގެ މައްޗަށް ކަމަށް އެ ކުންފުނިން ބުނެއެވެ. ދިރާގުން ބުނީ މި ޝިއާރާ ގުޅުވައިގެން ދިރާގުގެ ސީއެސްއާރު ޕްރޮގްރާމުގެ ދަށުން ވަނީ މަމްސް އެއިޑް އެންޖީއޯގެ 'ރަމަޟާން އެއިޑް' ކެމްޕެއިނުގެ ޕާޓްނަރަކަށްވެފައިވާ ކަމަށެވެ. އެ ކެމްޕެއިނުގެ ދަށުން ދިރާގުން ވަނީ އެހީތެރިކަން ބޭނުންވާ 100 އާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދީފައި ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ. މީގެ ތެރޭގައި އެކަނިވެރި މައިންނާއި ހާއްސަ އެހީއަށް ބޭނުންވާ މައިންނާއި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އަޅާލާ މައިން ހިމެނޭ ކަމަށް ދިރާގުން ބުނެއެވެ. ދިރާގުން ބުނި ގޮތުގައި މިޝަން ފޯ މައިގްރެންޓް ވޯކާސް މޯލްޑިވްސް (އެމްއެމްޑަބްލިއުއެމް) އާ ގުޅިގެން މާލެ ސަރަހައްދުގައި ދިރިއުޅޭ ބިދޭސީންނަށް ހާއްސަ ރޯދަވީއްލާ ޕެކްތަކެއް އެ ކުންފުނިން ފޯރުކޮށްދޭނެ ކަމުގައެވެ.

your imageދިރާގުން ބުނީ އެ ކުންފުނީގެ އެޕް މެދުވެރިކޮށް ހުރިހާ ކަސްޓަމަރުންނަށްވެސް ހާއްސަ އޮފާތަކަށް ސަބްސްކްރައިބް ކުރެވޭނެ ކަމަށް - ފޮޓޯ:ދިރާގު

އެހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރުވެސް ދިރާގު މެދުވެރިކޮށް ކަސްޓަމަރުންނަށް ފަސޭހަކަމާ އެކު ފިތުރު ޒަކާތް ދެއްކޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ. ދިރާގުން ބުނެފައިވަނީ ޕްރީޕެއިޑް ކަސްޓަމަރުންނަށް *454# ޖަހައިގެން އެސްއެމްއެސްއިން އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ދިރާގު ޕޭ ވެބް ޕޯޓަލް ނުވަތަ އެޕް މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކޭނެ ކަމަށެވެ.

ދިރާގުން ކޮންމެ އަހަރަކުވެސް ދަނީ ކަސްޓަމަރުންނަށް ހާއްސަ އާ އޮފާތައް ގެނެސްދެމުން ކަމަށާއި މި ރޯދަމަހަކީ ހުރިހާ ކަސްޓަމަރުންނަށް ބަރަކާތްތެރި މައްސަރަކަށްވުމަށް އެދޭކަަމަށް އެ ކުންފުނިން ބުނެއެވެ.

50%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް