ads
ޖަލްސާއެއްގައި ރައީސް ނަޝީދުއާއި ފައްޔާޒު
ދެކޮޅަށް މަސައްކަތް ކުރުމުން، ފިޔަވަޅުނާޅާ ތިބެނީ ބިރަކުން ނޫން: ފައްޔާޒު
އެމްޑީޕީއާ ދެކޮޅަށް ޕާޓީ ތެރޭން މަސައްކަތް ކުރުމުން އެކަމަށް، ފިޔަވަޅުނާޅާ ތިބެނީ ބިރުން ނޫންކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ފަހު، ރައީސް މުހައްމަދު ނަސީދު ގެންދަވަނީ ސަޕޯޓަރުންނާއެކު، "ފިކުރެއްގެ ދިރުން" ނަމުގައި ސިޔާސީ ހަރަކާތެއް ހިންގަވަމުންނެވެ. އަދި ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއަށް ތާއީދު ނުކުރައްވާނެކަމަށް ރައީސް ނަޝީދު ތަކުރާރުކޮށް ގެންދަވަނީ ވިދާޅުވަމުންނެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީއާއެކު މަސައްކަތް ކުރުމަށް މިހާތަނަށް ނިންމާފައިވާ އަދާލަތު ޕާޓީއާއި އެމްޑީއޭގެ ލީޑަރުންނާ ރައީސް ސޯލިހް އިއްޔެ މުލިއާގޭގައި ބޭއްވި ބައްދަލުވުމަށްފަހު، ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ފައްޔާޒު ވިދާޅުވީ، އެމްޑީޕީން ކަންކަން ކުރަމުން ގެންދަނީ ފިޔަވަޅު އަޅައިގެން ނޫންކަމަށެވެ.

އަދި ފިޔަވަޅު އަޅަން ޖެހިއްޖެ ހާލަތެއްގައި އެކަން ކުރުމަކީވެސް އެމްޑީޕީން ފަސްޖެހޭނެކަމެއް ނޫންކަމަށާއި އެކަމާމެދު އެއްވެސް ކަންބޮޑުވުމެއްވެސް ނެތްކަމަށް ފައްޔާޒު ވިދާޅުވިއެވެ.

އެމްޑީޕީއާ ދެކޮޅަށް މަސައްކަތް ކުރައްވާ ރައީސް ނަޝީދަކީ އެމްޑީޕީ އުފެއްދުމާ ޑިމޮކްރަސީ ގެނައުމުގައި އިސް ދައުރެއް އަދާކުރެއްވި ބޭފުޅެއްކަމަށް ގަބޫލުކުރައްވާކަމަށް ފައްޔާޒު ވިދާޅުވިއެވެ. އެހެން ކަމުން މިވަގުތު ފަހަތަށް ޖެހިގެން ތިބީ ބިރުން ނޫންކަމަށާއި ރައީސް ނަޝީދަށް އިހްތިރާމް ކުރުމުގެ ގޮތުންކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.

އަންނަ ރިޔާސީ އިންތިހާބަށް ނަޝީދުގެ ތާއީދު ނެތް ނަމަވެސް އެމްޑީޕީއަށް ވެރިކަން ކާމިޔާބު ކުރެވޭނެ ކަމަށާއި ނަމަވެސް އިންތިހާބަށް ނިކުންނައިރު ރައީސް ނަޝީދުގެ  ތާއީދުވެސް ވަރަށް ބޮޑަށް ބޭނުންވާ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

މީގެއިތުރުން ބާކީވެ ފެއަށް ޖެހުމުގެ ބަދަލުގައި، ވަޑައިގެން އެކުގައި މަސައްކަތް ކުރެއްވުމަށް ފައްޔާޒުވަނީ ރައީސް ނަޝީދަށް ގޮވާލައްވާފައެވެ.

60%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
40%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް