
ޕޭން ކޭކް
ރެސިޕީ: ފެކްޓް ޕޭންކޭކް
ގުފްތަގް އަޖީރު
23 މާރޗް 2023 - 11:07:36
ފެކްޓް ޕޭންކޭކް ތައްޔާރުކުރާނެ ގޮތަށް ބަލައިލާނަމެވެ.
ބޭނުންވާ ތަކެތި:
- 2 ތަށި ފުށް
- 4 ސައިބޯ ސަމްސާ ބޭކިން ޕައުޑާ
- 1 ސައިބޯ ސަމްސާ ލޮނު
- 1 ސައިބޯ ސމްސާ ހަކުރު
- 2 ބިސް
- 1 1/2 ސައިބޯ ސަމްސާ ވެނިލާ އެކްސްޓްރެކްޓް
- 1 ¾ ތަށި ފުލް ކްރީމް ކިރު
- 1/4 ތަށި އިތުރުކޮށް ދެ މޭޒުމަތީ ސަމުސާ ގިރާފައިވާ ބަޓަރު (އެއަށް އިތުރުކޮށް ތަވައަށް)
- 1 މޭޒުމަތީ ސަމުސާ މެޕަލް ޝިރަޕް
- 2-3 އާފަލު، ފަޅާފައި، ތުނިކޮށް ކޮށާފައި
ތައްޔާރު ކުރާނެ ގޮތް:
- ތަވައެއްގައި މޭޒުމަތީ ދެ ސަމުސާ ބަޓަރު ގިރާލާށެވެ. އަދި ބަޓާ ކެކެން ފެށުމުން އޭގެ ތެރެއަށް އާފަލު އަޅާފަ މަޑު ގިނީގަ ކައްކާށެވެ. ދެން އެޔަށް މޭޕަލް ސިރަޕް އަޅާ ކެރަމަލައިޒް ކޮށްލާށެވެ. ދެން ހޫނު ކެނޑެން ދެން ވަކިން ބަހައްޓާލާށެވެ.
- މިކްސިން ބައުލް އަކަށް ވެނިލާ އެކްސްޓްރެކް އަދި މިލްކް އެޅުމަށް ފަހު ކުޑަ ވަގުތު ކޮޅަކަށް ހައި ސްޕީޑް ގައި ބީޓް ކޮށްލާށޭވެ. އެޔަށް ފަހު ފުށް އަޅާފައި ލޯ ސްޕީޑް ގައި އެއް ކުރާށެވެ. އެޔަށްފަހު މަޑުގިނީގައި ގިރުވާފައި ހުރި ބަޓާ އަދި ކެރަމަލައިޒް ކޮށްފަ ހުރި އާފަލު އެއްކޮއްލާށެވެ.
- ދެން އާދައިގެ ގިންޏެއްގައި ބަރު ސްކިލެޓް އެއްގައި އަނެއްކާވެސް ބަޓާ މެލްޓް ކޮއްލާށެވެ. އެއަށް ފަހު ސޫޕް ލެޑްލް ބޭނުންކޮށްގެން ތަވައަށް ތޮއްޖެހުމެއް ނެތި ހިފަހައްޓާނެ ވަރަކަށް ޕެންކޭކް އަޅާށެވެ. ޕެންކޭކްތައް އަނބުރާލާފައި އަނެއްފަރާތުގައި ދެތިން މިނެޓެއްހާއިރު ކައްކާށެވެ. ދެން ހޫނު މެޕަލް ސިރަޕް އާއި އެކު ސާވް ކުރާށެވެ.
100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް