ads
މަޝްހޫރު ފިލްމީތަރި ކޮޕީ އިސްމާއިލް ރަޝީދު
"އެންމެ ދުރު ހަނދާނަކީ ކޮޅަށް ހުރެ ރޯދަ މަހު ޑިގު ކުޅޭ ހަނދާން"
ރޯދަމަހުގެ އެންމެ ދުރު ހަނދާނަކީ ކޮޅަށް ހުރެ ޑިގުކުޅޭ ހަނދާންކަމަށް ރާއްޖޭގެ މަޝްހޫރު ފިލްމީތަރި އިސްލާމައިލް ރަޝީދު (ކޮޕީ އިއްސެ) ބުނެފިއެވެ.
Advertisement

ސީއެންމެއިން ރޯދަ މަހަށް ހާއްސަކޮށް ގެނެސްދޭ "ރޯދަ ހަނދުމަ" ސީރީޒް އަށް ދިން އިންޓަވިއުގައި މަޝްހޫރު ފިލްމީތަރި ކޮޕީ އިއްސެ ބުނީ އޭނާ ކުޑައިރު ރޯދަމަހެއް އައިސްފިނަމަ ހޭލެވެނީ ވެސް ހަވީރު ކަމަށެވެ. 

އެގޮތުން އޭނާ އެންމެ ހަނދާން ހުންނަނީ ވެސް ކުޑައިރު މަންމަމެން ގޭ ދޮށުގައި ޖަހާ ސަކަރާތްކަމަށާއި، އޭރު އެ ސަރަހައްދުގައި ރޯދަމަހެއް އައިސްފިނަމަ ޑިގާއި ކެރަމްފަަކުޅިވަރުތައް ކުޅުމަށް ވަރަށް ހާއްސަ ޝައުގުވެރިކަމެއް އެ ސަރަހައްދުގެ އަވަށްޓެރިން ދޭކަމަށެވެ. 

މިގޮތުން އިއްސެ ބުނީ އެނާ ޑިގު ކުޅުމަށް ހާއްސަ ޝައުގުވެރިކަމެއް ދިން ނަމަވެސް ކުޑައިރު ރޯދަމަހު ވަރަށް ސިޔާސަ ކަންކަން ވެސް ކުރާކަމަށެވެ. 

"ވަރަށް ކުޑައިރު ހަނަދާންވޭ ކަރުހިއްކައިގަނެފަ ހުންނަވަރުން... ފާހާނައިގެ އިސްކޫރުން ބަނޑު ފުރެންދެން ފެން ބޯލައިގެން ނުކުންނަނީ،" -ކޮޕީ އިއްސެ-

ކޮޕީ އިއްސެ ބުނީ އޭނާ ކުޑައިރު ރޯދަމަހަށް ދިވެހިންވާ ތައްޔާރީއާއި މިހާރު ވާތައްޔާރީއާއި ވަރަށް ތަފާތު ކަމަށެވެ. އޭރު ރޯދަމަސް އަންނަނީ ބޮޑު 'ފެސްޓިވަލެއް' ގޮތަކަށް ކަމަށާއި، މުނިފޫހިފުލުމުގެ ކަންކަންވެސް އޭރު ކޮންނަގޮތް މާބޮޑަށްވެސް ކަމުދާކަމަށެވެ. 

ކޮޕީ އިއްސެ ރޯދައިގެ ހަނދުމަ ބައްލަވާލެއްވުމަށް މި ހަބަރާއެކު ހީރަސްކުރެވިފައިވާ ވީޑިއޯ ބައްލަވާލައްވާށެވެ.

50%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް