ads
ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް
މަޖިލީހުގައި އެމްޑީޕީ މެމްބަރުކަން ޔަގީންނުވާ މީހުން އެބަތިބި
މިހިނގާ ރައްޔިތުންގެ މަޖިލީހުގެ ތިންބައި ކޮށްފަ ދެބައިގެ ބޮޑު އަގުލަބިއްޔަތެއް އެމްޑީޕީއަށް އޮންނަކަމަށް ދެއްކިޔަސް، އެ މެމްބަރުންގެ ތެރޭގައި އެމްޑީޕީގެ މެމްބަރުކަން ޔަގީންނުވާ މެމްބަރުން އެބަތިވިބި ކަމަށް، އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅިވެއްޖެއެވެ.
Advertisement

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ އިބްރާހިމް ޝާޒްގެ ކެމްޕެއިން ރަސްމީކޮށް ފެށުމަށް، ކ.ގުޅީގައި ރޭ ބޭއްވެވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ، އިދިކޮޅު ޕީޕީއެމްގެ މެމްބަރުންނަށް އެމްޑީޕީ ކަމުނުދާވަރަށް، އެމްޑީޕީ ކަމުނުދާ، އެކަމަކު އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުންތަކެއް ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީ ތަމްސީލްކުރައްވަމުންދާ ކަމަށެވެ.

ބެލެވޭގޮތުގައި އަސްލަމް އެ އިޝާރާތްކުރަށްވަނީ، ރައީސް ނަޝީދަށް ތާއީދުކުރާ އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުންނަށެވެ.

"މިހިނގާ ރައްޔިތުންގެ މަޖިލީހުގައި އެބަތިއްބެވި އެމްޑީޕީ އަށް ނިސްބަތްވާ 65 މެމްބަރުން. އެހެންނަމަވެސް އޭގެތެރޭގައި އެމްޑީޕީ ގެ މެމްބަރެއްކަން ޔަގީންނުވާ މެމްބަރުން އެބަތިބި".

އިތުރަށް ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ، މި މެމްބަރަރުން މިއަދު ނަމޫނާއަކަށް ބަލަންވީ، ގުރައިދޫ ދާއިރާގެ އެމްޑީޕީ ޕްރައިމަރީން ބަލިވި ސަލްމާން ރަޝީދަށް ކަމަށާއި، އަސްލަމް އެބޭފުޅާއަށް ސެލިއުޓް ކުރައްވާ ކަމަށެވެ.

އެއީ ސަލްމާން ރަޝީދު ޕްރައިމަރީ އިން ބަލިވުމުން ބަލި ގަބޫލުކޮށް، ޕާޓީގެ ކެންޑިޑޭޓް އިބްރާހިމް ޝާޒް އަށް ތާއީދުކޮށް، ޝާޒްގެ ކެމްޕެއިނާއި ގުޅިވަޑައިގަތުމުން ކަމަށާއި، އަސްލަމްގެ އެދުމަކީ ރިޔާސީ ޕްރައިމަރީ އިން ބަލިވި ފަރާތްވެސް، ޕާޓީގެ ކެންޑިޑޭޓް ފަހަތަށް އަރައިވަޑައިގަތުން ކަމަށެވެ.

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން އަންނަމަހުގެ 15 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައި ވާއިރު،  ފިކުރެއްގެ ދިރުން ހަރަކާތާއި ހެދި މި އިންތިޚާބުގެ އެމްޑީޕީ ގެ ކެމްޕެއިނަށް ހިޔަނި އެޅިފައިވާ މިންވަރު ރޭގެ ޖަލްސާގައި އަސްލަމް ދެއްކެވި ވާހަކަ ފުޅުން ވަރަށް ބޮޑަށް ދޭހަވެއެވެ. މި އިންތިޚާބުގައި އިދިކޮޅު ޕީޕީއެމް އިން ވާދަކުރަނީ ކުރިން އެދާއިރާގެ މެމްމަބަރެއްގެ ގޮތުގައި ހުންނެވި އިބްރާހިމް ރިޒާގެ ކޮއްކޯފުޅު، ހުސައިން ރިޒާއެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް