ads
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް
ފުލުހުންގެ ގާނޫނަށް ގެނައި އިސްލާހް ރައީސް ތަސްދީގްކުރައްވައިފި
ދިވެހި ފުލުހުންގެ ހިދުމަތުގެ ޤާނޫނަށް އެއްވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ތަސްދީގު ކުރައްވައިފިއެވެ.

މި ބިލުގައި އިސްލާހު ހުށަހަޅައިފައި ވަނީ ފުލުހުންގެ ހިދުމަތުގެ ޤާނޫނުގެ 17 ވަނަ މާއްދާއަށާއި 100 ވަނަ މާއްދާގެ (ކ) އަށެވެ.

އެއީ ފުލުހުންގެ ވަޒީފާއަށް ރެކްރޫޓްކުރުމުގެ ކުރިން އިތުރު ބެކްގްރައުންޑް ޗެކްކުރުމާ ގުޅޭ މާއްދާއެވެ. މި މާއްދާއަށް ހުށަހަޅައިފައި އިސްލާޙަކީ ފުލުހުންގެ ހިދުމަތާ އަލަށް ގުޅޭ ފަރާތްތަކަކީ މިފަދަ ވަޒީފާއެއް އަދާކުރަން އެކަށީގެންވާ ފަރާތެއްތޯ ބެލުމަށް ޓަކައި ލާޒިމުކުރާ ބެކްގްރައުންޑް ޗެކް ހެދުމުގެ ގޮތުން ކޮންމެހެން ފުރިހަމަ ކުރަންޖެހޭ ކަންތައްތަކެއްވާއިރު، އެފަދަ ބެކްގްރައުންޑް ޗެކެއް ހަދާ ކޮންމެ ޙާލަތެއްގައި އެ ހުރިހާ ކަމެއް އެކުގައި ފުރިހަމަކުރުމަކީ އެކަށީގެންވާ ކަމެއްކަމަށް ނުވެދާނެތީ، ހުށަހަޅައިފައިވާ އިސަލާހެކެވެ. 

އެގޮތުން ބެކްގްރައުންޑް ޗެކްކުރުމުގެ ގޮތުން ހަދާ ބެކްގުރައުންޑް އެނަލިސިސްއަކަށްފަހު، ޕޮލިގްރާފް ނުވަތަ އެނޫންވެސް ވަސީލަތެއް މެދުވެރިކޮށް އިތުރު އެނަލިސިސް އެއް ހެދުމަށް ހުރަހެއް ނެތްކަން މި އިސްލާހުގައި ބަޔާންކޮށްފައި ވެއެވެ. މީގެ އިތުރުން، ފުލުހުންގެ ހިދުމަތާ އަލަށް ގުޅޭ ފަރާތްތަކުގެ ބެކްގްރައުންޑް ޗެކްކުރުމުގެ ގޮތުން އަމަލުކުރާނެ އުސޫލުތަކާއި، ބޭނުންކުރެވިދާނެ އިތުރު ވަސީލަތްތައް މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަން ވާނެ ކަމުގައި ވެސް މި އިސްލާހުގައި ވެއެވެ.

މި ބިލު ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީގުކުރެއްވުމާ ގުޅިގެން މި ގާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރައްވައިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް