
ރައީސް ސޯލިހް އަދި ރައީސް ނަޝީދު
އިސްތިއުފާ ދޭކަން ނުޖެހޭ، ވަކިވެސް ނުކުރެވޭނެ: ރައީސް ނަޝީދު
ސީއެންއެމް ނިއުސް ޓީމް
24 މާރޗް 2023 - 02:37:01
ސަރުކާރުގެ ސިޔާސީ މަގާމްތަކުގައި ތިއްބެވި، އެމްޑީޕީ މެމްބަރުންނަކީ އެމްޑީޕީން ހުށަހެޅި ބޭފުޅުންކަމަށާއި، މަގާމުތަކުން އިސްތިއުފާ ދޭން ނުޖެހޭނެކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ފަހު، "ފިކުރެއްގެ ދިރުމުގެ" ނަމުގައި ރައީސް ނަޝީދު ކުރިއަށް ގެންދަވާ ސިޔާސީ ހަރަކާތުގައި، ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބަވާ ބައެއް ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.
އެއާއެކު ސަރުކާރާ ދެކޮޅަށް މަސައްކަތްކުރާ ފަރާތްތައް ސަރުކާރުން ވަކިކުރުމަށް ރައީސް ސޯލިހްގެ ފަޅީގެ ބޭފުޅުން ދަނީ ގޮވާލަމުންނެވެ.
ރައީސް ނަޝީދުގެ ނުރަސްމީ ޓްވިޓަ އެކައުންޓުން ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުން މަގާމުން އިސްތިއުފާ ދެއްވަން ނުޖެހޭނެކަމަށާއި އެ ބޭފުޅުން ވަކިވެސް ނުކުރެވޭނެ ކަމަށެވެ.
"ސަރުކާރުގެ މަގާމަކީ ރައީސުލްޖުމްހޫރިއްޔާގެ ޒާތުފުޅުން ދެއްވާ މަގާމެއް ނޫން، މަގާމްގައި ތިއްބެވީ އެމްޑީޕީން ހުށަހެޅުއްވި ބޭފުޅުން، އިސްތިއުފާ ދޭކަށް ނުޖެހޭނެ، އަދި ރައީސުލްޖުމްހޫރިއްޔާއަށް އެބޭފުޅުން ވަކިވެސް ނުކުރެވޭނެ" - ރައީސް ނަޝީދު
ފިކުރެއްގެ ދިރުމަށް ތާއީދުކުރާ ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށް އިޝާރާތް ކުރައްވާ ރައީސް ނަޝީދު ވިދާޅުވީ "އެބޭފުޅުންނަކީ ވަޒީފާ ގެއްލިދާނެތީ، ޒަމީރު ގުރުބާންކުރާނެ ބައެއް ނޫން" ކަމަށެވެ.
100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް