
ކިންގްސްލީ
ކިންގްސްލީ އެންމެ ފަހުން ބަންގްލަދޭޝް ގައުމީ ޓީމަށް
ސްޕޯޓްސް ޓީމް
25 މާރޗް 2023 - 19:29:00
ނައިޖީރިއާގެ ފޯވާޑު ކެލެޓާ ކިންގްސްލީ ރަށްވެހިކަން ބަދަލުކޮށް، ބަންގްލަދޭޝްގެ ގައުމީ ޓީމަށް ފުރަތަމަ ފަހަރަށް ކުޅެފިއެވެ.
ކިންގްސްލީއަކީ 2021 ވަނަ އަހަރު ރާއްޖޭގައި އޮތް ސާފް ޗެމްޕިއަންޝިޕަށް އެކުލަވާލި ބަންގްލަދޭޝްގެ ސްކޮޑުގައިވެސް ފުރަތަމަ ހިމެނި ކުޅުންތެރިއެކެވެ. އެކަމަކު ފީފާއިން ލިބެން ޖެހޭ ހުއްދަތައް ނުލިބިގެން އެ ފަހަރު ކިންގްސްލީއަށް ބަންގްލަދޭޝްގެ ގައުމީ ޓީމަށް ނުކުޅެވުނެވެ.
ބަންގްލަދޭޝްގައި 2011 ވަނަ އަހަރުން ފެށިގެން ކުޅެމުން އަންނަ ކިންގްސްލީ ވަނީ އެ ގައުމުގެ ރަށްވެހިކަން 2021 ވަނަ އަހަރު ދީފައެވެ.
ކިންގްސްލީ ބަންގްލަދޭޝްގެ ގައުމީ ޓީމަށް ކުޅުނީ، އަންނަ ޖޫން މަހު އޮންނަ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމަށް ސީޝެލްސްއާ ދެކޮޅަށް ބަންގަލަދޭޝްއިން އެ ގައުމުގައި ހޮނިހިރު ދުވަހު ކުޅުނު އެކުވެރިކަމުގެ މެޗުގައެވެ. މި މެޗުން ބަންގްލަދޭޝް މޮޅުވީ އެއް ލަނޑު ސުން ލަނޑުންނެވެ.
0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް