
ޕާކިސްތާނުގެ ފިލްމީ ތަރި މާހިރާ ހާން
މާހިރާ އަށް މަޖިލިސް މެންބަރެއްގެ ފުރައްސާރަ
އައިޝަތު ނޫރާ
25 މާރޗް 2023 - 19:07:43
ޕާކިސްތާނުގެ ފިލްމީތަރި މާހިރާ ހާން އަށް ޕާކިސްތާނުގެ މަޖިލިސް މެންބަރެއް ހަޑިހުތުރު އެއްޗެހިކިޔައި ފުރައްސާރަކޮށްފިއެވެ.
މާހިރާއަށް ޕާކިސްތާނުގެ މަޖިލިސް މެންބަރަކު މީގެ ކުރިން ވެސް ފާޑު ކިޔާފައިވަނީ އޭނާ އިންޑިއާގެ މެގަ ސްޓާ ޝާހުރުކް ހާންއާއެކު 'ރައީސް' ކިޔާ ފިލްމެއް ކުޅެފައިވާތީ އެކަމާ ހިތްހަމަނުޖެހިގެންނެވެ.
މިއަދު އަނެއްކާވެސް މިފަދަ ފުރައްސާރައެއް ކުރަމުން ބުނެފައިވަނީ މާހިރާއަކީ 'ސިކުނޑި ހަމަނުޖެހޭ' މީހެއް ކަމަށެވެ. އަދި މާހިރާ އަކީ 'ފައިސާއަށް އިންޑިއާގެ ފިލްމީ ތަރިނަށް ހަށިވިއްކާ މީހެއްކަމަށް ވެސް' ޕާކިސްތާނުގެ މަޖިލިސް މެންބަރު މުއަދު ވަނީ ތުހުމަތުކޮށްފައެވެ.
މިގޮތުން ޓްވިޓާގައި ޑރ.އަފްނާން އުއްލާ ހާން ވަނީ މާހިރާ ހާނާ ދެކޮޅަށް ހަގީގަތްއޮޅޭފަދަ ތުހުމަތުތަކެއް ކޮށްފައެވެ.
"ބަތަލާއަކީ ނަފްސާނީ މައްސަލައެއް ހުރި މީހެއް. ފައިސާއަށްޓަކައި އިންޑިއާގެ އެކްޓަރުންނަށް ހަށިވިއްކާ. އަދި އަންވަރު މަޤްސޫދާ ދެކޮޅަށް ކޮމެންޓެއްކޮށްފައިވާއިރު އޭނާ މިދުވަސްވަރު އުޅޭނީ މަސްތުވެގެން،" ޑރ ހާން މިއަދު ކުރި ޓްވީޓުގައި ބުނެފައިވެއެވެ.
މާހިރާއަށް ޕާކިސްތާނުގެ ސިޔާސީ މީހުން ފާޑުކިޔުމާއި ފުރައްސާރަ ކުރިމަތިކުރުވަނީ އެމީހުން އިންޑިއާދެކެ އަންނަ ރުޅިންކަމަށް ޕާކިސްތާނުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.
29%
ކަމުގޮސްފި
14%
އަޑުއެހިތާ މިހުރީ
29%
ސަތޭކައަކުން ސުމެއް
29%
ވަރަށް ސަލާމް
ކޮމެންޓްސް