ads
އެސްޓީއޯގެ މެނޭޖިން ޑިރެކްޓާ ހުސެއިން އަމްރު
އަމްރުގެ ޕްރޮގްރާމް ނުދައްކަން ސަރުކާރުން ނާންގާ: ޕީއެސްއެމް
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހުސައިން އަމްރު މުހައްމަދު ރަޝާދު، ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމަށް ރެކޯޑްކޮށްފައިވާ ޕްރޮގްރާމް ނުދައްކަން ސަރުކާރުން އަންގާފައި ނުވާކަމަށް ޕީއެސްއެމުން ބުނެފިއެވެ.
Advertisement

މިރޭ 21:00 ގައި ދައްކަން ރެކޯޑްކޮށް ތާވަލުކޮށްފައިވާ، ރާއްޖެމިއަދު ޕްރޮގްރާމް މިރޭ ދައްކާފައެއް ނުވެއެވެ. އެއާއެކު އެމްޑީޕީގެ "ފިކުރެއްގެ ދިރުން" ފެކްޝަނުގެ ބައެއް ބޭފުޅުން މިރޭ ވިދާޅުވީ އަމްރުގެ ޕްރޮގްރާމް ނުދެއްކުމަށް ސަރުކާރުން ޕީއެސްއެމްއަށް އަންގާފައިވާ ކަމަށެވެ.

މިދިޔަ ޖެނުއަރީ މަހު ނިމިގެން ދިޔަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އަމްރު ހުންނެވީ ރައީސް މުހައްމަދު ނަޝީދުގެ ފަޅީގައެވެ. އަދި ޕްރައިމަރީ ނިމުމަށްފަހު ވެސް އަމްރު ހަރަކާތްތެރިވަމުން ގެންދަވަނީ ސިޔާސީގޮތުން ރައީސް ނަޝީދާއެކުގައެވެ.

އެގޮތުން ރައީސް ނަޝީދުގެ ފަރާތްޕުޅުން މި ހަފްތާގައި، ޖުމްހޫރީ ޕާޓީއާ މަޝްވަރާ ކުރުމަށް، އަދި ރިޔާސީ އިންތިހާބުގެ މެނިފެސްޓޯ އެކުލަވާލުމަށް މަޝްވަރާ ކުރުމަށް ބޭއްވި ބައްދަލުވުމުގައި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފްއާއެކު އަމްރު ބައިވެރިވެވަޑައިގެންނެވިއެވެ.

އަމްރުގެ ޕްރޮގްރާމް މިރޭ ޕީއެސްއެމުން ނުދެއްކި މައްސަލާގައި ސަރުކާރަށް އިނގިލި އަމާޒުވެފައިވާއިރު، ޕީއެސްއެމުން ބުނީ އަމްރުގެ ޕްރޮގްރާމް ނުދެއްކުމާ، ސަރުކާރާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. އަދި އެ ޕްރޮގްރާމް ނުދެއްކުމަކީ ޕީއެސްއެމްގެ އަމިއްލަ ނިންމުމެއްކަމަށާއި އެކަމަށް ސަރުކާރުން އެއްވެސް އިރުޝާދެއް ނުވަތަ އެންގުމެއް ލިބިފައި ނެތްކަމަށް ޕީއެސްއެމްގެ އޮފިޝަލަކު ވިދާޅުވިއެވެ.

"އެއީ އެ ޕްރޮގްރާމް ނުދައްކާކަށްވެސް ނޫން، މިރޭ އެ ޕްރޮގްރާމް އޮން އެއާނުކުރަން ނިންމީ، ޕީއެސްއެމްގެ އަމިއަލަ ނިންމުމެއް މިރޭ ނުދައްކަން ނިންމުމަކީ، ސަރުކާރުން ވަކިގޮތަކަށް ކަންކުރާކަށް ނާންގާ، ފަހުން އެ ޕްރޮގްރާމް ނުދައްކާ ގޮތަކަށްވެސް ނޫން އޮތީ" ޕީއެސްއެމްގެ އޮފިޝަލް ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ފިކުރެއްގެ ދިރުން ފެކްޝަނުގައި އިސްކޮށް ހަރަކާތްތެރިވާ އެމްޑީޕީގެ ކުރީގެ ޕީޖީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް މިރޭ ވިދާޅުވީ އަމްރުގެ ޕްރޮގްރާމް ޕީއެސްއެމުން ނުދައްކަން ނިންމީ، ސަރުކާރުގެ އެންގުމަށް ކަމަށެވެ.

19%
ކަމުގޮސްފި
19%
އަޑުއެހިތާ މިހުރީ
19%
ސަތޭކައަކުން ސުމެއް
44%
ވަރަށް ސަލާމް
ކޮމެންޓްސް