ads
އިސްލާމިކް މިނިސްޓަރު ޑރ އަހުމަދު ޒާހިރު އަލީ
އިތުރަށް 500 ހައްޖު ކޯޓާ، އޭގެންވެސް އަމިއްލަ ޖަމާއަތްތަކަށް ބަހާލަނީ
މިއަހަރު ރާއްޖެއިން މީހުން ހައްޖަށް ގެންދިއުމަށް، އިތުރުން 500 ކޯޓާ ސައުދީ ސަރުކާރުން ހަމަޖައްސާ ދޭނެކަން ގާތްގަނޑަކަށް ޔަގީންވެފައިވާކަމަށާއި، ނަމަވެސް އެކޯޓާ އިންވެސް ބައެއް އަމިއްލަ ޖަމާއަތްތަކަށް ދިނުމަށް އިސްލާމިކް މިނިސްޓަރު ޑރ އަހުމަދު ޒާހިރު އަލީ މަސައްކަތް ކުރައްވާކަމަށް މައުލޫމާތު ލިބިއްޖެއެވެ.
Advertisement

އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ އިތުރު 500 ހައްޖު ކޯޓާ ލިބޭނެކަން މިހާރު ގާތްގަނޑަކަށް ޔަގީން ވެފައިވާކަމަށެވެ. ނަމަވެސް އެއީ މިވަގުތައް އަދި ސިއްރެއްކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވީ އިތުރަށް ލިބޭ ކޯޓާގެ ތެރެއިން ބައެއް އަނެެއްކާ ހައްޖު ގުރޫޕްތަކަށް ދިނުމަށް މިނިސްޓަރު މަސައްކަތް ކުރައްވަމުން ގެންދަވާތީ ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ.

"މިހާރުވެސް ތިން ކުންފުންޏަށް އެބަދޭ ކޯޓާ، ކޮންމެ ބަޔަކަށް 90 ކޯޓާ، އެއީ އެ ޖަމާއަތްތަކުން ބޮޑު އަގުގަ ނީލަމުގަ ކަހަލަ ގޮތަކަށް ވިއްކާ އެއްޗެއް، މިނިސްޓްރީން އޮވޭ އުސޫލެއް ހަދާފަ ވަކިވަރަކަށް ވުރެ އަގު ބޮޑު ނުކުރެވޭނެކަމަކަށް، ނަމަވެސް ހައްޖަށް ދާން ބޭނުމިއްޔާ އެމީހުން އަޑިން ނަގާ އަގެއްވެސް ދީގެން މިދެވެނީ، އެކަން ބޮޑުވެގެން ހައްޖު ކޯޕަރޭޝަންގެ ނަމުގަ، ސަރުކާރު ކުންފުންޏެއް އުފައްދަން ޖެހުނީވެސް" - އޮފިޝަލް

ނަން ނުޖެހުމަށް ޝަރުތުކޮށް އޮފިޝަލް ވިދާޅުވީ އަލަށް ލިބޭނެ ކަމަށް ބެލެވޭ 500 ކޯޓާގެ ތެރެއިން ވެސް 120 ކޯޓާ އަމިއްލަ ޖަމާއަތްތަކަށް ދިނުމަށް މިނިސްޓްރީ ތެރެއިން މަސައްކަތް ކުރަމުން ގެންދާކަމަށެވެ. އެގޮތަށް އެކަންކުރަން މިނިސްޓްރީގެ ތެރެއިން ބައެއް ބޭފުޅުން ދެކޮޅު ހަދަނީ މިހާރުވެސް ހައްޖަށް ދާން ފައިސާ ދައްކާފައި ހައްޖު ކޯޕަރޭޝަންގެ ދަފްތަރުގައި އެތައް ހާސް ބަޔަކު ތިބުމުންކަމަށް އޮފިޝަލް ވިދާޅުވިއެވެ.

"ހިނގާ ބަލަމާ، ހައްޖު ކޯޕަރޭޝަނަށް ފައިސާ ދައްކާފަ ނުދެވި މިހާރުވެސް އެބަތިބި 4000 އަށް ވުރެ ގިނަ މީހުން، ކޮންމެ އަހަރަކު އެ އަދަދު އެވަނީ އިތުރު، ލިބޭ މަދު ކޯޓާކޮޅު ބޮޑު އަގުގަ ވިއްކަން މިހެން ބަހާލީމަ މިވަނީ ވަރަށް ދެރަގޮތެއް، ހައްޖު ކޯޓާއަކީ އެމީހުނަށް ވިޔަފާރި މުދަލެއް ކަހަލަ އެއްޗެއް، ކޯޓާތައް މިގޮތަށް ހިލޭ ބަހާލުމެކޭ އެސްޓީއޯގަ ހުންނަ މުދާ އެހެން ވިޔަފާރިއަކަށް ހިލޭ ދިނުމެކޭ އެއްވެސް ތަފާތެއް ނެތްނޫންތޯ" - އޮފިޝަލް

އޮފިޝަލް އިތުރަށް ވިދާޅުވީ މިހާރު ސައުދީން ރާއްޖެއަށް ދީފައިވާ ކޯޓާގެ ތެރެއިންވެސް ހައްޖު ކޯޕަރޭޝަނަށް ފައިސާ ދައްކާފައިވާ މީހުންގެ ތެރެއިން ޖާގަ ލިބެނީ މަދު ބަޔަކަށް ކަމަށެވެ. އެގޮތުން ތިން ކުންފުންޏަކަށް ޖުމްލަ 270 ކޯޓާ ދޭން ނިންމާފައިވާއިރު މިނިސްޓްރީގެ ބޭނުމަށް 150 ކޯޓާ ހިފަހައްޓާފައިވާކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އެހެން ކަމުން ހައްޖު ކޯޕަރޭޝަނަށް ފައިސާ ދައްކާފައިވާ 4000 އަށް ވުރެ ގިނަ މީހުންގެ ތެރެއިން ފުރަތަމަ ލިބުނު ކޯޓާއިން ހައްޖަށް ދެވެނީ 550 މީހުނަށް ކަމަށްވެށް އޮފިޝަލް ވިދާޅުވިއެވެ.

ހައްޖު ކޯޓަތަކާ ގުޅިގެން އުފެދިފައިވާ ތުހުމަތުތަކަށް ޖަވާބެއް ހޯދުމަށް އިސްލާމިކް މިނިސްޓަރަށް ގުޅުއްވުމުން ފޯނަށް ޖަވާބެއް ނުދެއްވައެވެ.

13%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް