ads
އާޖެންޓީނާގެ މާޓިނޭޒް- މިއީ ޕެނަލްޓީ ޖަހާގަޑީ ވަރަށް ސަކަރާތް ޖަހާ ކީޕަރެއް
ކީޕަރުންގެ ސަކަރާތް ބޮޑު ކަމުން ޕެނަލްޓީ އުސޫލު ބަދަލުކޮށްފި
ޕެނަލްޓީ ޖަހާ ވަގުތު ކީޕަރުން ގެންގުޅޭ އުކުޅުތަކާ ގުޅިގެން އިންޓަނޭޝަނަލް ފުޓުބޯޅަ އެސޯސިއޭޝަން ބޯޑު (އައިއެފްއޭބީ) އިން ކީޕަރުންނަށް ޕެނަލްޓީ ޖަހާއިރު ގެންގުޅެވޭނެ އާ އުސޫލުތަކެއް އިއުލާން ކޮށްފި އެވެ.
Advertisement

އާ އުސޫލާއެކު، ޕެނަލްޓީ ޖަހަން ދާ ކުޅުންތެރިޔާގެ ފޯކަސް ގެއްލުވާލަން ވާހަކަ ދައްކައި، ލަސް ކޮށް، އިހުތިރާމް ކުޑަކުރުމުގެ އަމަލެއް ނުހިންގޭނެ އެވެ. މީގެ އިތުރުން ގޯލް ފްރޭމާއި ގޯލް ދާގަނޑުގައި އަތް ލުމުގެ ފުރުސަތެއް ވެސް ކީޕަރުންނަކަށް ނޮންނާނެ އެވެ. 

އާ އުސޫލްތަކާ އެކު ޕެނަލްޓީ ގައި ގޯލްކީޕަރުންގެ ދައުރު މިއޮތީ ވަރަށް ބޮޑަށް ކުޑަ ވެފަ އެވެ. ކީޕަރުންނަށް އޮތީ ހަމައެކަނި ގޯލް ލައިން މަތީ ހުރެ ބޯޅައަށް ހަރަކާތް ކުރުމެވެ.

އަލަށް އެކުވަލާވެލެވުނު އުސޫލަށް އަމަލު ކުރަން ފަށާނީ އައިއެފްއޭބީ އިން ބުނި ގޮތުގައި މި އުސޫލަށް އަމަލު ކުރަން ފަށާނީ މި އަހަރުގެ ޖުލައި އެއް ވަނަ ދުވަހުން ފެށިގެންނެވެ. 

އައިއެފްއޭބީ އިން މި ބަދަލު ގެންނަން ނިންމުމާ އެކު ގިނަ ބަޔަކު ވަނީ މި އިސްލާހާ ދެކޮޅަށް ވާދަހަ ދައްކައި ވަރަށް ބޮޑަށް ފާޑު ކިޔައިފަ އެވެ.

53%
ކަމުގޮސްފި
22%
އަޑުއެހިތާ މިހުރީ
3%
ސަތޭކައަކުން ސުމެއް
22%
ވަރަށް ސަލާމް
ކޮމެންޓްސް