
ބުރުނާއީގެ ދާރުއްސަލާމަށް ފޮރިން މިނިސްޓަރު ކުރައްވަމުން ގެންދަވާ މި ދަތުރުގައި އެގައުމުގެ ބަންދަރްސެރީ ބެގަވާންގައި އެ ގައުމުގެ ފޮރިން މިނިސްޓަރާއި ބައްދަލުކުރައްވާ ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް ދެގައުމުގެ ހާރިޖިއްޔާގެ ގުޅުން އިތުރަށް ހަރުދަނާކުރުމާއި ބެހޭ ގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއެވެ.
މީގެ އިތުރުން، ބުރޫނާއީން ރާއްޖެއަށް ދެއްވާ ސްކޮލަޝިޕްތަކަށް ޝުކުރު އަދާކުރައްވައި، އިތުރު ސްކޮލަޝިޕްގެ ފުރުސަތުތައް ދިވެހި ދަރިވަރުންނަށް ހޯދުމާއި ބެހޭ ގޮތުން މިނިސްޓަރު ޝާހިދު މަޝްވަރާކުރައްވާފައިވާ ކަމަށް ފޮރިން މިނިސްޓްރީ އިން މައުލޫމާތު ދެއެވެ.
މި ބައްދަލުވުމުގައި މިނިސްޓަރު ޝާހިދު ވަނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ތައުލީމުގެ ފުރުސަތުތައް ހޯދައިދެއްވުމަށް ދިވެހި ސަރުކާރުން ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއް ދެއްވާކަން ފާހަގަކުރައްވާ އިޖްތިމާއީ ތަރައްގީއަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތްތަކުގެ މައުލޫމާތު ބްރޫނާއީގެ ފޮރިން މިނިސްޓަރާ ހިއްސާކުރައްވާފަ އެވެ.
ރާއްޖޭގައި ކާބޯތަކެތި ހަލާލް ސެޓްފިކެޓަށް ޓެސްޓްކުރުމަށް ހާއްސަ ލެބޯޓްރީއަށް ގާއިމްކުރުމަށް ބުރޫނާއީގެ އެހީތެރިކަމަށް މިނިސްޓަރު ޝާހިދު އެދިވަޑައިގެންފައިވާ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުނެ އެވެ.