މި މުބާރާތުގައި ތުރުކީ ފުރަތަމަ ބަލިވީ 2-0 އިން އޮސްޓްރޭލިއާ އަތުން ނެވެ. އަދި، ތުުރުކީ ވަނީ ޕެރަގުއޭ އަތުން ވެސް މިއަދު 1-0 އިން ބަލިވެ އެވެ.
ތުރުކީ ކޮޅަށް ޕެރަގުއޭ އިން މެޗުގައި ލަނޑު ޖެހީ 65 ސިކުންތު ތެރޭގަ އެވެ. އެއީ، ޖޫލިއޯ އެންސީސޯ ދިން ބޯޅައަކުން ގަލާޒާ ޖެހި ގޯލެކެވެ. މިއީ، މި ފަަހަރުގެ ވޯލްޑް ކަޕްގައި ފެނުނު އެންމެ އަވަސް ގޯލެވެ. ރޭ މޮރޮކޯގެ އިސްމާއިލް ސައިބާރީ 70 ސިކުންތުން ޖެހި ލަނޑުގެ ވަގުތަށް ވުރެން އަވަހަށް ގަލާޒާ ވަނީ ލަނޑު ޖަހައިފަ އެވެ.
ދެވަނަ ހާފު ފެށިތާ މިނެޓެއް ތެރޭ ތުރުކީން ވަނީ ނުރައްކާތެރި ހަމަލާއެއް ފޮނުވާލައިފައެވެ. ޕެނަލްޓީ އޭރިއާ ބޭރުން ޑެމިރާލް ފޮނުވާލި ބާރު ހަމަލާ، ޕެރަގުއާއީ ކީޕަރު ގިލް ވަނީ މަތަކޮށްފަ އެވެ. އޭގެ ފަހުން ޕެނަލްޓީ އޭރިއާ ތެރެއިން ޔިލްޑީޒް ފޮނުވާލި ހަމަލާ، ޕެރަގުއާއީގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.
ވޯލްޑް ކަޕްއާއި އެހާ ދޯޅަ ނޫން ތުރުކީން މި އަހަރުވެސް ދައްކަމުން ދާ ދަށް ރެކޯޑާ އެކު، އެމެރިކާއާ ދެކޮޅަށް ކުޅޭ މެޗު ބާކީ އޮއްވައި ތުރުކީ މި ވަނީ ކަޓައިފަ އެވެ.
ތުރުކީ އަށް އެދެނީ ފުޓް ބޯޅައިގައި ކުރި އެރުމެވެ. އަދި ތުރުކީ ޓީމުން ކޮންމެ ވެސް ދުވަހަކުން ސަޕޯޓަރުން އުފާކޮށް ދޭނެ ކަމަށް ބެލެވެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;