ads
އެމްއައިބީގެ ޑޮލަރު އޭޓީއެމް ބަހައްޓާފައި ވަނީ އޯކިޑު މަގާއި ފާމުދޭރި މަގު ގުޅޭ ކަންމަތީގައި ހުންނަ ފާމުދޭރިގޭގައި - ފޮޓޯ:އެމްއައިބީ
އެމްއައިބީން ޑޮލަރު އޭޓީއެމްގެ ހިދުމަތް ފަށައިފި
މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ފުރަތަމަ ފަހަރަށް ޑޮލަރު އޭޓީއެމްގެ ހިދުމަތް ދޭން ފަށައިފިއެވެ.

އެމްއައިބީގެ ޑޮލަރު އޭޓީއެމް ބަހައްޓާފައި ވަނީ އޯކިޑު މަގާއި ފާމުދޭރި މަގު ގުޅޭ ކަންމަތީގައި ހުންނަ ފާމުދޭރިގޭގައެވެ.

އެމްއައިބީން ބުނެފައިވަނީ އެ ބޭންކުގެ ޑޮލަރު އެކައުންޓު ގެންގުޅޭ ކަސްޓަމަރުންނަށް 24 ގަޑިއިރު ހިދުމަތް ލިބޭ މި އޭޓީއެމް މެދުވެރިކޮށް ޑޮލަރު ނެގުމާއި ޖަމާކުރުމުގެ ހިދުމަތް ލިބޭނެ ކަމަށެވެ.

ކޮންމެ ކަސްޓަމަރަކަށްވެސް އޭޓީއެމް މެދުވެރިކޮށް ދުވާލަކު އެންމެ ގިނަވެގެން ނެގޭނެ އަދަދަކީ 1،000 ޑޮލަރެވެ. އެހެންނަމަވެސް، ދުވާލަކު 12،000 ޑޮލަރު އޭޓީއެމަށް ޖަމާކުރެވޭނެ ކަމަށް އެ ބޭންކުން ބުނެއެވެ.

އެމްއައިބީން ބުނީ އޭޓީއެމުން ޑޮލަރު ނެގުމަށް މި ވަގުތު ބޭނުން ކުރެވޭނީ ހަމައެކަނި އެ ބޭންކުގެ ޕްލެޓިނަމް ކާޑު ނަމަވެސް، ޑޮލަރު ޖަމާކުރުމަށް ކާޑު ބޭނުން ނުވާނެ ކަމަށެވެ. އެމްއައިބީއިން އަންނަނީ ކާޑާ ނުލައި ފައިސާ ޖަމާކުރުމުގެ ހިދުމަތް އެ ބޭންކުގެ ރުފިޔާ އޭޓީއެމްއިންވެސް ދެމުންނެވެ.

your imageއެމްއައިބީން ޑޮލަރު އޭޓީއެމްގެ ހިދުމަތް ދޭން ފެށުން - ފޮޓޯ:އެމްއައިބީ

ޑޮލަރު ނެގުމާއި ޖަމާކުރުމުގެ ހިދުމަތް ލިބޭ ޑޮލަރު އޭޓީއެމް ސެންޓަރެއް އެ ބޭންކުން ހުޅުވިއިރު، މި ފަހުން އެމްއައިބީން ވަނީ ވިލިމާލޭގައި ފައިސާ ނެގުމާއި ޖަމާކުރުމުގެ ހިދުމަތް ލިބޭ އޭޓީއެމްއެއް ބަހައްޓާފައެވެ.

އެމްއައިބީގެ އޭޓީއެމްތައް ކުޅުދުއްފުށި ސިޓީ، ބ. އޭދަފުށި، މާލެ، ހުޅުމާލެ، ތިލަފުށި، ގދ. ތިނަދޫ، ފުވައްމުލައް ސިޓީގެ އިތުރުން އައްޑޫ ސިޓީގައި ވެސް ހުރެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް