ads
މޯލްޑިވިއަން އިން ދުއްވާ އޭޓީއާރު މަރުކާގެ ބޯޓެއް
ލަގެޖް އޮފްލޯޑް ވުމަކީ މަދުން ނަމަވެސް ދިމާވެދާނެ ކަމެއް: ޖެނިފާ
ދަތުރުވެރިންގެ ލަގެޖް އޮފްލޯޑް ކުރަން ޖެހުމަކީ މަދުން ނަމަވެސް ދިމާވެދާނެ ކަމެއްކަމަށް ގައުމީ އެއަރލައިން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިންގް ޑައިރެކްޓަރު އައިޝަތު ޖެނިފާ ސުވާލު އުފައްދަވައިިފިއެވެ.

ޖެނިފާ މިހެން ވިދާޅުވީ މޯލްޑިވިއަނުން ދަތުރުކުރާ ފަތުރުވެރިންގެ އަތްދަބަސް އަދި ހިފާ ގެންގުޅޭ އެހެނިހެން ތަކެތި، ދަތުރުކުރާ ދުވަހު ނޫން އަނެއްދުވަހު ލިބޭ ކަމަށް ބުނެ ބައެއް މީޑިއާތަކުން ފަތުރާފައިވާ ހަބަރަކާއި ގުޅިގެންނެވެ.

"ޑޭޝް 8 އާއި ހިލާފަށް އޭޓީއާރް އަކީ ޓުއަރިސްޓުން ގެންނަ ހުރިހާ ކަނދުފަތިތައް އެރުވޭވަރުގެ ޖާގަ އޮންނަ ބޯޓެއް ނޫން. ކަނދުފަތި އުފުލުމަށް ހައްލެއް ހޯދުމަށް މަސައްކަތް އެބަކުރަން. ލަގެޖް އޮފްލޯޑް ވުމަކީ މަދުން ނަމަވެސް ދިމާވެދާނެ ކަމެއް" - ޖެނިފާ

ބެލެވޭގޮތުގައި ޖެނީފާ "ކަނދުފަތި" ބޭނުންކުރައްވާފައި އެވަނީ ރާޅާއަޅަން ޒިޔާރަތްކުރާ ޓުއަރިސްޓުން ގެންނަ ރާޅާއަޅާ ބޯޑްތަކަށް ކަމަށް ބެލެވެއެވެ. ޖެނިފާ ވިދާޅުވީ ކަނދުފަތި އުފުލުމަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

މިފަހަކަށް އައިސް، ރާއްޖެތެރޭގެ ރަށްތަކުގައި ހުންނަ ޓުއަރިސްޓް ގެސްޓް ހައުސްތަކަށް، ރާޅާ އެޅުމުގެ ބޭނުމުގައި ޒިޔާރަތްކުރާ ފަތުރުވެރިން ގެން ސާފިންގް ބޯޑް، ފަަތުރުވެރިޔާ ދަތުރުކުރާ ދުވަހު ނުލިބޭ ކަމުގެ ޝަކުވާ ވަނީ ވަރަށް ބޮޑުވެފައިކަން ފާހަގަކޮށްލެވެ އެވެ. 

މިގޮތުން، ފުވައްމުލަކުގައި ގެސްޓްހައުސް ވިޔަފާރި ކުރާ ފަރާތެއް ނަންހާމަ ނުކުރަން އެދި ސީއެންއެމް އާއި ވާހަކަ ދައްކަވަމުން ވިދާޅުވީ، ދިގު ދަތުރު ކޮށްފައި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން އެމީހުންނަށް ލިބޭ ޗުއްޓީ އިން އިތުރު ދުވަހެއް އެމީހުން ހިފާގެންގުޅޭ ތަކެތި ލިބުމަށް ހޭދަކުރަންޖެހޭނަމަ، ގެސްޓްހައުސް ފަތުރުވެރިކަމަށް ވަރަށް ބޮޑަށް އޭގެ ނޭދެވޭ އަސަރުކުރާނެ ކަމަށް ބެލެވޭ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް