ads
އައިޕީއެލްގެ ބައެއް ކުޅުންތެރިން
އިންޑިއަން ޕްރިމިއާ ލީގު ހުކުރު ދުވަހު
ދުނިޔޭގެ އެންމެ އަގުބޮޑު ކްރިކެޓް ލީގުކަމުގައިވާ އިންޑިއަން ޕްރިމިއާ ލީގު އަންނަ ހުކުރު ދުވަހު ފަށަން ތައްޔާރުވެއްޖެއެވެ.

އަންނަ ހުކުރު ދުވަހުގެ ރޭ ފަށާ މުބާރާތަކީ، އައިޕީއެލް ސީރީސްގެ ގެ 16 ވަނަ މުބާރާތެވެ.  

މިދިޔަ ފަހަރެކޭ އެއް ގޮތަށް މި ފަހަރުވެސް ޖުމްލަ 10 ޓީމުން މުބާރާތުގައި ވާދަކުރާނެއެވެ. 10 ޓީމަށް އަދަދު އިތުރުކުރީ މިދިޔަ އަހަރުއެވެ. އެއީ މިދިޔަ އަހަރު މުޅިން އަލަށް އައި ދެ ޓީމު ކަމަށްވާ ގުޖްރާތް ޓައިޓަންސް އަދި ލަކްނޯ ސުޕަރ ޖަޔަންޓްސް ހިމެނޭ ގޮތުންނެވެ.

މި ފަހަރުގެ މުބާރާތަކީ ކޮވިޑުގެ ހާލަތަށް ފަހު ހޯމް އެންޑް އަވޭ އުސޫލުން ކުޅޭ ފުރަތަމަ ފަހަރެވެ. މިދިޔަ އަހަރުވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކެއްގެ ގޮތުން މުބާރާތް ކުރިއަށް ގެންދިޔައީ، މަހާރާޝްތްރާ ސްޓޭޓްގެ ދެ ސިޓީއެއްގައެވެ. އެއީ މުމްބާއީ އަދި ޕޫނޭގައެވެ. އޭގެ ކުރީ ފަހަރު މުބާރާތް ފުރިހަމަ ކުރީ ޔޫއޭއީގައެވެ.

މުބާރާތް ހުޅުވާ މެޗުގައި މުބާރާތުގެ އެންމެ ކާމިޔާބު އެއް ޓީމުކަމަށްވާ ޗެންނާއި ސުޕާ ކިންގްސް ނުކުންނާނީ މިދިޔަ އަހަރު އަލަށް އައި ގުޖްރާތް ޓައިޓަންސްއާ ދެކޮޅަށެވެ. މެޗު ފެށޭނީ ރާއްޖޭ ގަޑިން ހުކުރު ދުވަހުގެ ރޭ ހަތެއް ޖަހާއިރުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް