ސާފް ޗެމްޕިއަންޝިޕް 17 އަހަރުން ދަށުގެ މުބާރާތުގެ ފަހު މެޗުގައި، ރަޝިއާއިން ރޭ ވަނީ އިންޑިޔާ ބަލިކޮށްފައެވެ. އިންޑިޔާ އަތުން އެ ޓީމު މޮޅުވީ ދެ ލަނޑުނ ސުން ލަނޑުންނެވެ. އޭގެ ކުރިން ނޭޕާލާ ދެކޮޅަށް ކުޅުނު މެޗު 3-0 އިން ކާމިޔާބު ކުރިއިރު ބޫޓާން އަތުން މޮޅުވީ 9-1 އިންނެވެ. އެ ޓީމުގެ ފުރަތަމަ މެޗުގައި ވަނީ 3-0 އިން ބަންގްލަދޭޝް ބަލިކޮށްފަ އެވެ. މި މަހުގެ 20-28 އަށް ފަސް ޓީމާ އެކު ކުޅުނު މި މުބާރާތް ކުރިއަށް ގެންދިޔައީ ލީގު އުސޫލުންނެވެ.
ލީގު އުސޫލުން ކުޅުނު މި މުބާރާތުގެ ދެވަނަ ލިބުނީ ބަންގްލަދޭޝް އަށެވެ. ތިންވަނަ އިންޑިޔާ އަށެވެ. ހަތަރެއް ނޭޕާލް އަދި ފުލަށް ދިޔައީ ބޫޓާނެވެ. ރާއްޖެއާ ލަންކާއިން މުބާރާތުގައި ވާދަނުކުރެއެވެ.
މިއީ ޔޫރަޕަށް ނިސްބަތްވާ ރަޝިއާ، ދެކުނު އޭޝިއާ ސަރަހައްދުގެ ފުޓުބޯޅަ މުބާރާތެއްގައި ވާދަކުރި ފުރަތަމަ ފަހަރެވެ. މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ބޮޑު މުބާރާތުގައިވެސް ސަރަހައްދުން ބޭރުގެ ޓީމެއް ބައިވެރިކުރުމުގެ ވިސްނުން ސާފުން ގެންގުޅެއެވެ.