ކަސްޓަމްސް އިން ނެރެފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން،
- 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހު 233 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓް ކޮށްފައިވޭ
- މިދިޔަ މަހު އެކްސްޕޯޓް ކޮށްފައިވަނީ 231 މިލިއަން ރުފިޔާގެ މުދާ
- މިއީ 0.9 އިންސައްތައިގެ ދަށްވުމެއް
އެކްސްޕޯޓް ކުރެވުނު މުދަލުގެ އަގު ދަށްވި ނަމަވެސް، 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހާ އަޅާބަލާއިރު، ފާއިތުވެދިޔަ މަހު އިމްޕޯޓް ކުރެވުނު މުދަލުގެ އަގު ވަނީ އިތުރުވެފައެވެ.
- 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހު 3.6 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވޭ
- މިދިޔަ މަހު 4.2 ބިލިއަން ރުފިޔާގެ މުދާ ވަނީ އިމްޕޯޓްކޮށްފައި
- މިއީ 18 އިންސައްތައިގެ އިތުރުވުމެއް
ނިމިދިޔަ މަހު ދައުލަތަށް ލިބުނު އާމްދަނީ 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހާ އަޅާބަލާއިރު، އަށެއް އިންސައްތަ ވަނީ ދަށްވެފައެވެ. މިދިޔަ އަހަރުގެ ފެބްރުއަރީ މަހު 326 މިލިއަން ރުފިޔާ ލިބިފައިވާއިރު، މި އަހަރުގެ ފެބްރުއަރީ މަހު ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 301 މިލިއަން ރުފިޔާއެވެ.
މިދިޔަ މަހު އަގުގެ އެންމެ ގިނައިން އިމްޕޯޓްކުރި ގައުމުތަކާއި އެ ގައުމުތަކުން އިމްޕޯޓް ކުރެވުނު މުދަލުގެ އަގުތައް (ސީއައިއެފް އަގު):
- އިންޑިއާ - 675 މިލިއަން ރުފިޔާ (16 އިންސައްތަ)
- އޮމާން - 642 މިލިއަން ރުފިޔާ (15 އިންސައްތަ)
- ސިންގަޕޫރު - 571 މިލިއަން ރުފިޔާ (14 އިންސައްތަ)
- ޔޫއޭއީ - 480 މިލިއަން ރުފިޔާ (11 އިންސައްތަ)
- ޗައިނާ - 471 މިލިއަން ރުފިޔާ (11 އިންސައްތަ)
މިދިޔަ މަހު އަގުގެ ގޮތުން އެންމެ ގިނައިން އެކްސްޕޯޓް ކުރި ގައުމުތައް:
- ތައިލެންޑް (50 އިންސައްތަ)
- އިނގިރޭސި ވިލާތް (18 އިންސައްތަ)
- ޖަރުމަނު ވިލާތް (4 އިންސައްތަ)
- ފަރަންސޭސި ވިލާތް (4 އިންސައްތަ)
- އެމެރިކާ (3 އިންސައްތަ)
މި އަހަރުގެ ފެބްރުއަރީ މަހު 19،499 ޑިކްލަރޭޝަން ޕްރޮސެސްކޮށްފައިވެއެވެ. ނިމިދިޔަ އަހަރުގެ ފެބްރުއަރީ މަހު ޕްރޮސެސްކޮށްފައިވަނީ 17،600 ޑިކްލަރޭޝަނެވެ. މިދިޔަ މަހު ރާއްޖޭން ބޭރުން އައި ދެ އުޅަނދަކަށް ކްލިއަރެންސް ދީފައިވާއިރު، 2022 ވަަނަ އަހަރުގެ ފެބްރުއަރީ މަހު ހަތް އުޅަނދަކަށް ކްލިއަރެންސްދީފައިވެއެވެ. ނިމިދިޔަ މަހު ރާއްޖޭން ބޭރަށް ފުރުމަށް ދެ އުޅަނދަކަށް ކްލިއަރެންސް ދީފައިވާއިރު، 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހު ތިން އުޅަނދަކަށް ކްލިއަރެންސް ދީފައިވެއެވެ.
މިދިޔަ ފެބްރުއަރީ މަހު ރޯޔަލްޓީގެ ގޮތުގައި ދެ މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވެއެވެ.