ads
ބަސެލޯނާއާ ރޯމާގެ އަންހެން ޓީމުގެ މެޗުގެ ތެރެއިން
ބާސެލޯނާގެ އަންހެން ޓީމު ޗެމްޕިއަންސް ލީގު ސެމީއަށް
އިޓަލީ ރޯމާގެ އަންހެން ޓީމު ބަލިކޮށް، ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުން ބާސެލޯނާގެ އަންހެން ޓީމު ފުރުސަތު ހޯދައިފިއެވެ.

އަންހެން ބާސެލޯނާ ޓީމު ޗެމްޕިއަންސް ލީގުގެ ސެމީން ފުރުސަތު ހޯދީ ރޯމާގެ މައްޗަށް ކުއާޓާ ފައިނަލުގެ ދެ މެޗުގައިވެސް ކުރި ހޯދައިގެންނެވެ. ފުރަތަމަ މެޗުގައި ރަށުން ބޭރުގައި އެއް ލަނޑު ސުން ލަނޑުން މޮޅުވިއިރު، ދެވަނަ މެޗުގައި އަމިއްލަ ދަނޑުގައި މޮޅުވީ ފަސް ލަނޑު އެއް ލަނޑުންނެވެ. ބާސާގެ އަންހެން ޓީމަކީ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރާނެ ކަމަށް ބެލެވޭ މުބާރާތުގެ ފެވަރިޓުންނެވެ.

ރޯމާ ބަލިކޮށް ބާސެލޯނާއިން ސެމީން ފުރުސަތު ހޯދިއިރު، އާސެނަލްގެ އަންހެން ޓީމުވަނީ ބަޔާން މިއުނިކް ބަލިކޮށް ސެމީން ޖާގަ ހޯދާފައެވެ. އާސެނަލް ސެމީއަށް ދިޔައީ ދެ ލަނޑު އެއް ލަނޑުގެ އެގްރިގޭޓުންނެވެ. ފުރަތަމަ މެޗުގައި އެމިރޭޓްސް ދަނޑުގައި ދެ ލަނޑު ސުން ލަނޑުން މޮޅުވެފައި އޮތްއިރު، ދެވަނަ މެޗުގައި ބަޔާން އަތުން އެއް ލަނޑު ސުން ލަނޑުން އާސެނަލް ބަލިވިނަމަވެސް އެގްރިގޭޓުން ކުރި ލިބުނީއެވެ.

ސެމީ ފައިނަލްގައި ބާސެލޯނާ ކުޅެން ޖެހޭނީ ލިޔޯން ނުވަތަ ޗެލްސީގެ އަންހެން ޓީމާއެވެ. އާސެނަލް ކުޅޭނީ ވޮލްވްސްބާގް ނުވަތަ ޕީއެސްޖީގެ އަންހެން ޓީމާއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް