ads
މުބާރާތުގައި ވާދަކުރާ 10 ޓީމުގެ ކެޕްޓަނުން
އައިޕީއެލް: ޗެންނާއީއާ ގުޖްރާތުގެ މެޗުން މިރޭ ފަށަނީ
ޗެންނާއި ސުޕަ ކިންގްސްއާ، ގުޖުރާތް ޓައިޓަންސްގެ މެޗުން، ދުނިޔޭގެ އެންމެ އަގުބޮޑު ކްރިކެޓް ލީގުކަމުގައިވާ އިންޑިއަން ޕްރިމިއާ ލީގު މިރޭ ފެށޭނެއެވެ.

މުބާރާތް ހުޅުވާ މެޗުގައި މުބާރާތުގެ އެންމެ ކާމިޔާބު އެއް ޓީމުކަމަށްވާ ޗެންނާއި ސުޕަ ކިންގްސް ނުކުންނާނީ މިދިޔަ އަހަރު އަލަށް އައި އަދި މިދިޔަ އަހަރުގެ ޗެމްޕިއަން ގުޖްރާތް ޓައިޓަންސްއާ ދެކޮޅަށެވެ.

މެޗު ފެށޭނީ ރާއްޖޭ ގަޑިން ހުކުރު ދުވަހުގެ ރޭ ހަތެއް ޖަހާއިރުއެވެ. މެޗު ކުޅޭނީ އަހްމަދުއާބާދުގައެވެ.

އައިޕީއެލްގެ މިރޭ ފަށާ މުބާރާތަކީ، އައިޕީއެލް ސީރީސްގެ ގެ 16 ވަނަ މުބާރާތެވެ. މިދިޔަ ފަހަރެކޭ އެއް ގޮތަށް މި ފަހަރުވެސް ޖުމްލަ 10 ޓީމުން މުބާރާތުގައި ވާދަކުރާނެއެވެ. 10 ޓީމަށް އަދަދު އިތުރުކުރީ މިދިޔަ އަހަރުއެވެ. އެއީ މިދިޔަ އަހަރު މުޅިން އަލަށް އައި ދެ ޓީމު ކަމަށްވާ ގުޖްރާތް ޓައިޓަންސް އަދި ލަކްނޯ ސުޕަރ ޖަޔަންޓްސް ހިމެނޭ ގޮތުންނެވެ.

މި ފަހަރުގެ މުބާރާތަކީ ކޮވިޑުގެ ހާލަތަށް ފަހު ހޯމް އެންޑް އަވޭ އުސޫލުން ކުޅޭ ފުރަތަމަ ފަހަރެވެ. މިދިޔަ އަހަރުވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކެއްގެ ގޮތުން މުބާރާތް ކުރިއަށް ގެންދިޔައީ، މަހާރާޝްތްރާ ސްޓޭޓްގެ ދެ ސިޓީއެއްގައެވެ. އެއީ މުމްބާއީ އަދި ޕޫނޭގައެވެ. އޭގެ ކުރީ ފަހަރު މުބާރާތް ފުރިހަމަ ކުރީ ޔޫއޭއީގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް