ކުލަ ގަދަ ރަސްމިއްޔާތަކަށް ފަހު ކުޅުނު މުބާރާތުގެ ފުރަތަމަ މެޗުން، އެންމެ ފަހުގެ ޗެމްޕިއަން ގުޖުރާތު މޮޅުވީ، މުބާރާތުގެ އެންމެ ކާމިޔާބު އެއް ޓީމު ކަމަށްވާ، ޗެންނާއި ސުޕަރ ކިންގްސްއާ ވާދަކޮށް ފަސް ވިކެޓުންނެވެ.
މި މެޗުގެ ޓޮސް ދިމާވުމުން ގުޖުރާތުން ގަސްދު ކުރީ ފުރަތަމަ ފީލްޑް ކުރާށެވެ. ޗެންނާއީން ކުޅެން އަރައި، 20 އޯވަރަށް ހަތް ކުޅުންތެރިން ނުބައިވެގެން ހެދުނީ 178 ލަނޑެވެ.
ޖަވާބުގައި ކުޅެން ނުކުތް ގުޖްރާތުން 19.2 އޯވަރުން ޗެންނާއީގެ ލަނޑު ހަމަ ކުރީ ފަސް ކުޅުންތެރިންނާ ހިސާބުންނެވެ.
މުބާރާތުގައި މިއަދު ދެ މެޗު ކުޅޭނެއެވެ. މިއަދު މެންދުރު ފަހު ކުޅޭ މެޗުގައި ވާދަކުރާނީ ޕަންޖާބް ކިންގްސްއާ ކަލްކަތާ ނައިޓް ރައިޑާސްއެވެ. އަދި މިރޭ ކުޅޭ މެޗުގައި ވާދަކުރާނީ ލަކްނޯ ސުޕަރ ޖަޔަންޓްސްއާ ދެއްލީ ކެޕިޓަލްސްއެެވެ.