ads
އައްޒަ އަދި ރިޝްމީ ރޭގެ މެޗަށް ތައްޔާރުވެެގެން: ފޮޓޯ ރިޝްމީ
ދިވެހި ފިލްމީ ތަރިންގެ ފުޓުސަލް މުބާރާތެއް ފަށައިފި
ދިވެހި ފިލްމީ ތަރިންގެ ފުޓުސަލް މުބާރާތެއް މޯލްޑިވްސް ފިލްމު އެސޯސިއޭޝަން، އިން ފަށައިފިއެވެ.

މި މުބާރާތުގައި ޖުމްލަ ހަތް ޓީމަކުން ބައިވެރިވެފައިވެއެވެ. އެއީ ފިރިހެން ފަސް ޓީމާއި އަންހެން ދެ ޓީމެވެ.  

މި މުބާރާތުގެ މެޗުތައް ރޭ ވަނީ ހުޅުމާލޭގައި ކުޅެން ފަށާފައެވެ. 

ފިރިހެން ޓީމުތަކުގެ ތެރެއިން ރޭ ބައްދަލުކުރީ ޖާދުއްﷲ ގެ ޓީމާއި، މުހައްމަދު އަބްދުﷲ (މުހައްމާ) ގެ ޓީމެވެ. 12-6 ގެ ނަތީޖާއަކުން މޮޅުވީ ޖާދުﷲގެ ޓީމެވެ. 

ރޭވަނީ އަންހެން ދެ ޓީމުގެ މެޗެއްވެސް ކުޅެފައެވެ. މެޗުގައި ބައިވެރިވި އަންހެން ތަރިންގެ ތެރޭގައި، ރިޝްމީ، އައްޒަ، ފަރީލާ، ނަތާ، ޝީލާ، ސުނީތާ އަދި ޑައިރެކްޓަރު ނަހުލާ ފަދަ މީހުން ހިމެނެއެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި އަންހެން ދެ ޓީމަކީ ސުނީތާގެ ޓީމަކާއި، ވަލީދާގެ ޓީމެކެވެ. އަދި އަންހެން ޓީމުތަކުން ކުޅޭނީ އެންމެ މެޗެކެވެ. 

މި މުބާރާތް ވަނީ އެސްޓީއޯއިން ސްކޮންސާކޮށްފައެވެ. އަދި މުބާރާތުގެ މެޗުތައް އަންނަނީ ޔޫޓިއުބު މެދުވެރިކޮށް ލައިވް ސްޓްރީމް ވެސް ކުރަމުންނެވެ. 

ފިލްމު އެސޯސިއޭޝަނުގެ ދޯދިއާކަން ބޮޑުކަމަށް ބުނެ ޝަކުވާ ބޮޑުވެފައި ވަނިކޮށް، އެ އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާ ކުއްލިގޮތަކަށް މިދިޔަ މަހު ބޭއްވުމަށްފަހު އިއުލާނުކުރި ހަރަކާތްތަކުގެ ތެރޭގައި ތަރިންގެ ފުޓުސަލް މުބާރަތް ވެސް ހިމެނެއެވެ. މި މުބާރާތައް ބޮޑު ތަރުހީބެއް ފިލްމީ ތަރިންނާއި އިންޑަސްޓްރީގެ ފަރާތުން އަންނަނީ ލިބެމުންނެވެ.  

40%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
60%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް