ads
އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހު: ފޮޓޯ ވަގުތު
ސްޓޯމް ވޯޓާ ޕަޕްމްތައް ބަރާބަރަށް މަސައްކަތްކުރޭ: އެމްޑަބްލިއުއެސްސީ
މާލޭގެ ފެންހިނދުމަށް ބަހައްޓާގަފައިވާ ސްޓޯމް ވޯޓާ ޕަމްޕްތައް ބަރާބަރަށް މަސައްކަތްކުރާކަމަށް، އެ ޕަމްތައް ބަލަހައްޓާ ފަރާތް އެމްޑަބްލިއުއެސްސީ އިން ބުނެފިއެވެ.
Advertisement

މާލެއަށް ގިނައަދަދަކަށް ވާރޭވެހި، ކުޑަވަގުތުކޮޅެއްގެ ތެރޭގައި ފެންބޮޑުވެ، ހިނގާފައިއުޅެން ދަތިވުމާއި އަދި ބައެއް އިމާރާތްތަކަށް ފެންފަދެފައިވާތީވެ، އާއްމުންގެ ގިނަ ބަޔަކު ޝަކުވާކުރުމުން، ކުރީގެ ހައުސިންގް މިނިސްޓަރު އަދި މިހާރުގެ މާލޭ ސިޓީގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ވަނީ މާލޭގެ ފެންބޮޑުވުން ހައްލުކުރުމަށް ކުރީގެ ސަރުކާރުން ބަހައްޓާފައިވާ ސްޓޯމްވޯޓާ ޕަމްޕްތައް ނުޖައްސާހުރިކަމަށް ބުނެ ފާޑު ވިދާޅުވެފައެވެ. އަދި މިނޫނަސް، މާލޭގައި ފެންބޮޑުވާ ވަގުތުތަކުގައި، ސްޓޯމްވޯޓާ ޕަމްޕްތައް ބޭނުންނުކުރާކަމަށް ބުނެ އެކި ފަހަރުމަތިން މޭޔަރު މުއިއްޒު ފާޑު ވިދާޅުވެފައިވާކަން ފާހަގަކޮށްލެވެއެވެ.

އެމްޑަބްލިއުއެސްސީގެ މެނޭޖިންގް ޑައިރެކްޓަރު ހަސަން ޝާހު ވިދާޅުވީ، އެއްމެ ޕަމްޕެއް ފިިޔަވައި ހުރިހާ ޕަމްޕްތަކެއް ޖައްސާފައިހުރި ކަމަށާއި، އަދި ޖައްސާފައިހުރި ހުރިހާ ޕަމްޕެއް ބަރާބަރަށް މަސައްކަތްވެސް ކުރަމުންދާކަމަށެވެ. ހަމައެކަނި ނުޖައްސާ ހުރި ޕަމްޕަކީ މާލޭހިޔާ ފްލެޓް ސަރަހައްދުގައި ބަހައްޓާފައިވާ ޕަމްޕްކަމަށާއި، އެ  ޕަމްޕްވެސް ނުޖައްސާ ހުންނަނީ އަމީނީ މަގުހެދުމުގެ މަސައްކަތްކުރިއަށް ދާތީ ކަމަށްވެސް ޝާހު ވިދާޅުވިއެވެ.

އެމްޑަބްލިއުއެސްސީން ބުނީ ޕަމްޕްތަކަކީ ފެންބޮޑުވުމާއިއެކު އަމިލްލައަށް މަސައްކަތްުކުރާ ޕަމްޕްތަކެއް ކަމުން ވަކިވަކިން ޕަމްތައް ޖައްސަން ނުޖެހޭނެކަަމަށް ކަމަށާއި، ހުރިހާ ޕަމްޕްތައް ބަރާބަރަށް މަސައްކަތްކުރަމުންދާކަމަށްވެސް ބުނެފައިއެވެ.

އެމްއެންޑީއެފުންވެސް މިއަދު ބުނީ ވެސްޓްޕާކާއި އައިޖީއެމްއެޗާއި ދިރާގު ހެޑް އޮފީސް އަދި އެކުވެނި ހިމެނޭ ސަރަހައްދުގައި ޕަންޕު ބޭނުންކޮށްގެން ފެން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދިޔަ ކަމަށެވެ.

މެޓް އޮފީހުގެ މައުލޫމާތުތަކަށް ބަލާއިރު ފަތިހު 5:00 އިން ހެނދުނު 10:00 އާއި ހަމައަށް 87.8 މިލި ލީޓަރުގެ ވާރޭ މާލެއަށް ވެހިފައިވެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް