102 މިލިއަނަށް އިހަވަންދޫ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް އާރުޑީސީއަށް
މުހައްމަދު އަތީފް
02 އޭޕްރީލް 2023 - 15:31:09
ހއ. އިހަވަންދޫ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލުކޮށްފިއެވެ.
މި މަސައްކަތް އާރުޑީސީ އާ ހަވާލުކުރުމަށް ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރު ޔާސިރު ހަސަނެވެ. ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ.
އިހަވަންދޫ މަގުތަކުގައި ތާރުއެޅުމުގެ މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކަކީ:
- 6.9 ކިލޯމީޓަރު މަގުގައި ތާރުއެޅުން
- މަގުތަކުގައި ފެންހިންދާ ނިޒާމު ގާއިމުކުރުން
- މަގުތަކުގައި މަގުބައްތި ޖެހުން
ޕްލޭނިން މިނިސްޓްރީގެ ފަރާތުން މި މަސައްކަތް އާރުޑީސީ އާ ހަވާލުކޮށްފައިވަނީ 102.8 މިލިއަން ރުފިޔާއަށް 540 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ހަވާލުކުރާ ގޮތަށެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް