ads
ސަން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސިޔާމް--
ސިޔާމްގެ ކުންފުނިން ހިލްޓަންއަށް ފައިސާ ދެއްކުން ފަސްކުރަން އަމުރުކޮށްފި
ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު، އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއެކު ރިޔާސީ އިންތިހާބަށް ކޯލިޝަން ހަދާފައިވާ އަހުމަދު ސިޔާމްމުހައްމަދު ސަން ޝިޔާމްގެ ކުންފުނި، ސަން ޓްރެވެލްސް އިން ހިލްޓަންއަށް 24 މިލިއަން ޑޮލަރު ދެއްކުމަށް ކޮށްފައިވާ ހުކުމަށް އަމަލު ކުރުން ފަސްކުރުމަށް ހައިކޯޓުން އަމުރުކޮށްފިއެވެ.

ސަން ޓްރެވެލްސް އިން ހިލްޓަންއަށް 24 މިލިއަން ޑޮލަރު (370.8 މިލިއަން ރުފިޔާ) ދެއްކުމަށް ސިވިލް ކޯޓުން އެންގީ، ސިންގަޕޫރުގެ އާބިޓްރޭޝަނުން ކޮށްފައިވާ ހުކުމަށް ތާއިދުކޮށެވެ. މި މައްސަލައިގައި ހުކުމް ތަންފީޒު ކުރުން ފަސްކުރުމަށް ހައިކޯޓުން އަމުރުކުރީ މިއަދުއެވެ. 

ހައިކޯޓުން އެންގީ އެ މައްސަލައިގައި ސަން ކުންފުނީގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާ އިސްތިއުނާފީ މައްސަލައިގައި ވަކި ގޮތެއް ކަނޑައެޅުމުގެ ކުރިން، ސިވިލް ކޯޓުން ނެރެފައިވާ އަމުރު ތަންފީޒުކުރުން ކުރުމަށެވެ. ހައި ކޯޓުގެ އަމުރުގައި ބުނީ ސިވިލް ކޯޓުގެ ނިންމުން ތަންފީޒު ކުރުން މި ވަގުތު ފަސްނުކޮށްފި ނަމަ، ސަން ޓްރެވަލްސްގެ މަސްލަހަތަށް އުނިކަން އަތުވެދާނެ ކަމަށް ބެލެވޭ ކަމަށެވެ.

މި މައްސަލައަކީ ނ.އިރުފުށި ހިންގުން ހިލްޓަންއަށް ދިނުމަށް ސަން ކުންފުނިން ހެދި އެއްބަސްވުން 2013 ވަނަ އަހަރު ބާތިލުކުރުމާ ގުޅިގެން ހިލްޓަންއިން ސިންގަޕޫރުގެ އާބިޓަރޭޝަނަށް ހުށަހެޅި މައްސަލަ ބެލުމަށްފަހު އާބިޓަރޭޝަނުން 24 މިލިއަން ޑޮލަރު ދިނުމަށް ސަންގެ މައްޗަށް އަމުރުކުރި މައްސަލައެވެ.

ހިލްޓަނާއެކުވީ އެއްބަސްވުމަކީ ރާއްޖޭގެ އާންމު ސިޔާސަތާ ޚިލާފަށް ޤާއިމުކުރި އެއްބަސްވުމެއްކަމަށް ބުނެ އެ އެއްބަސްވުމުގެ ދަށުން ހިލްޓަނަށް ފައިސާ ދައްކަންނުޖެހޭނެކަމަށް ސަން ކުންފުނީގެ ފަރާތުން ކޯޓުގައި ވަކާލާތުކުރި ނަމަވެސް އެކަމުގެ ގާނޫނީ ހުއްޖަތެއް ސަން ކުންފުންޏަށް ދެއްކިފައިނުވާކަމަށް ސިވިލް ކޯޓުން ނިންމާފައިވެއެވެ.

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް