ads
އަންހެން މީހާއަށް ފެނުނު ހަރުފަ
ކޮޓަރިއަށް ވަތް އިރު އެނދުމަތީ ވިހަގަދަ ހަރުފައެއް!
އޮސްޓްރޭލިއާގެ ކްއީންސް ލޭންޑްގައި އަންހެނަކު ގޭގެ ކޮޓަރިއަށް ވަތް އިރު އެނދުމަތީ ވިހަގަދަ ހަރުފައެއް އޮތް ހަބަރު ވައިރަލް ވެއްޖެއެވެ.

މިދިޔަ މަހުގެ 23 ވަނަ ދުވަހު އެ ގައުމުގެ ބައެއް ނޫސްތަކުގައި ބުނެފައިވާގޮތުން އަންހެން މީހާއަށް ފެނުނު ހަރުފައިގެ ވާހަކަ ނޫސްތަކަށް އެރީ، އެސަރަހައްދަކީ އާއްމުކޮށް ރަށުތެރޭގައި ހަރުފަ އުޅޭ ސަރަހައްދަކަށް ނުވުމާއި ފެނުނީ ވަރަށް ވިހަގަދަ ނުރައްކާތެރި ހަރުފައަކަށް ވުމުން ކަމަށެވެ.

އަންހެން މީހާއާއި ހަވާލާދީ ނޫސްތަކުގައި ބުނެފައިވަނީ ހަރުފަ ފެނުނީ ކޮޓަރިއަށް ވަދެ، އެނދުގެ ބެޓްޝީޓް ބަދަލުކޮށްލުމުގެ ހިޔާލު އައިސްގެން، ބެޓްޝީޓް ބަދަލުކޮށްލަން ބެޑްޝީޓް ނެގިތަނުން ބެޓްޝީޓް ދަށުންނެވެ.

ހަރުފަ ފެނުމާއެކު ބިރުން ކޮޓަރިން ނިކުމެ ދޮރުލެއްޕުމަށްފަހު، ހަރުފައަށް ކޮޓަރިން ނުނިކުމެވޭނެ ގޮތް ހެދިކަމަށާއި، އެއަށްފަހު ހަރުފަ ހިފުމުގައި ކުޅަދާނަ މީހަކަށް ގުޅިކަމަށް އަންހެން މީހަ ބުނެފައިވެއެވެ. އަދި އޭނާ އައިސް ވަގުތުން ހަރުފަ ހިފައިގެން ގެންދިޔަކަމަށް އަންހެން މީހާ ވަނީ ބުނެފައެވެ.

ނޫސްތަކަށް އޭނާބުނީ ދުވަހަކުވެސް މިކަހަލަ ބިރުވެރިކަމެއް ކުރިމަތިނުވާކަމަށާއި ބިރުން އަވަދިނުވީ ކިރިޔާ ކަމަށެވެ.

28%
ކަމުގޮސްފި
60%
އަޑުއެހިތާ މިހުރީ
7%
ސަތޭކައަކުން ސުމެއް
5%
ވަރަށް ސަލާމް
ކޮމެންޓްސް