ads
ސިމެއް ލައްވަނީ
ވަގު ސިމެއް ހައްދައިގެން ކުރި ބޮޑު ވައްކަން، ފުލުހުން ވެސް ކޮސްކޮށްލައިފި!
އެއީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ހުކުރު ދުވަހެކެވެ. އަހަރެންނަށް ފުރަތަމަ ކަމެއް ގޯސްކަން ހީވީ ފޯނަށް ލިބެންފެށި އެލާޓުތަކަކުން ނެވެ.
Advertisement

އަހަރެން އޭރު ދިޔައީ ހޫނު މޫސުމުގެ ރީތި ދުވަހެއްކަމުން އާއިލާއާއެކު ވަގުތުކޮޅެއް ހޭދަކުރަމުންވެ. ވީހާވެސް ބޮޑަށް ފޯނަށް އަޅާނުލާވޭތޯ ބެލީމެވެ. އެންމެ ފަހުން އަހަރެންގެ ނޮޓިފިކޭޝަންތައް ޗެކް ކުރިއިރު އިންޓަނެޓު ކުންފުނި ވެރީޒޯންގެ ދެ އެލާޓެއް ލިބުނެވެ. ދެ ބާވަތުގައި ވެސް އޮތޯރައިޒޭޝަން ކޯޑްތައް ހުއްޓެވެ. ކައުންޓަށް ބަދަލު ގެންނައިރު އެމީހުން އަޅާ ސެކިއުރިޓީ ފިޔަވަޅުގެ ބާވަތެވެ. އަދި ވެރީޒޯން އިން 0 ޑޮލަރަށް ލިބުނު ރަސީދާއި އަހަރެންގެ އާ ޑިވައިސް އެކްޓިވޭޓް ކުރި ކަމަށް ބުނެ ޝުކުރު އަދާކުރާ މެސެޖެއް ވެސް ލިބުނެވެ.

އަހަރެން ވަގުތުން އަހަރެންގެ ވެރީޒޯން އެކައުންޓް ޗެކް ކުރި ނަމަވެސް އެއްވެސް ކަމެއް ގޯސްވާހެނެއް ހިޔެއް ނުވެއެވެ. އެ ރަސީދު ހީވީ ގްލިޗެއްހެނެވެ.  މީގެ ހަތަރު މަސް ކުރިން އަހަރެން އެކްޓިވޭޓް ކުރި ފޯނަށް ވެރީޒޯން އިން އަހަންނަށް ބިލް ލަސްވެގެން ކަމަށް ހީވިއެވެ. ނަމަވެސް ހިތުގައި ޝައްކުތަކެއް ވެސް ދައުރުވަމުން ދިޔައެވެ. ވަގުތުން ވެރީޒޯންއަށް ގުޅަންވީއޭ ވެސް ހިތައް އެރިއެވެ. އެކަމަކު ޗުއްޓީ ހޭދަކުރެވޭއިރު ކަސްޓަމާ ސާވިސް އަށް ގުޅައިގެން ބޯ ހަލާކުރަން ވަގުތު ދުއްވަންވީ ކީއްކުރަންތޯ؟ ހިތައް އެރިއެވެ.  

ޖެހިގެން އައި ދުވަހު ހެނދުނު އެހެން އާދަޔާ ހިލާފު ކަމެއް ހިނގައިގަތެވެ. ޓެކްސްޓެއް ފޮނުވަން ދިޔައިރު އަހަންނަށް ވިސްނުނީ އަހަރެންގެ ފޯނުގައި ހިދުމަތެއް ނެތްކަމެވެ. އަހަރެން ސެލް ސާވިސް ފްލިޕްކޮށް ފޯނު ނިއްވާލަން އުޅުނީމެވެ. އަހަރެންގެ ފޯނު ރީސްޓާޓް ކުރަން  އެއްވެސް ކަމެއް ނުކުރެވުނެވެ. މެސެޖް ނުކުރެވިގެން ކޯލެއްވެސް ނުކުރެވުނެވެ. އަހަރެންގެ ފިރިމީހާ ގާތު ލޯކަލް ވެރީޒޯން ކަރަންޓް ކެނޑިއްޖެތޯ ބެލުމަށް އެދުނު ނަމަވެސް އެއްވެސް އެއްޗެއް އޭގެންވެސް ނުފެނުނެވެ. އަހަރެން ހިތަށް އެރީ ފަހަރެއްގައި އަހަރެން ހުރީ ހަމައެކަނި ޑެޑް ޒޯނެއްގައިކަމަށެވެ.  އެކަމަކު މީގެ ކުރިން ދުވަހަކުވެސް މި މައްސަލަ ދިމާވެފައެއް ނުވެއެވެ. އަދި ދެން އަހަރެންނަށް އިހުސާސްވާން ފެށީ މަޑުމަޑުން ފަތިސްވަމުން އަންނަކަމުގެ ބިރުވެރިކަމުގެ އިހުސާސެވެ.

މީގެ ދެތިން ދުވަސް ކުރިން އަހަރެންގެ އެކުވެރިޔާ ރޮބް ޕްރައިސް ވަނީ ސޯޝަލް މީޑިއާގައި އިންސްޓަގްރާމް ހެންޑްލްތަކާއި އެހެނިހެން އުއްމީދީ ޔޫޒަރނޭމްތައް ވަގަށް ނަގައި އުނދަގޫކޮށް ބިރުދެއްކުމުގެ ކެމްޕޭނެއް ހިންގާ ހެކަރުންނާ ބެހޭ ބިރުވެރި ވާހަކައެއް ޝާއިއުކޮށްފައެވެ. އެ ވާހަކައިގެ ތެރޭގައި ފޮރުވިފައި އޮތީ ކުރިން އަޑުއަހާފައި ނުވާ އިބާރާތެއް، އަހަރެން ބަލަން ޖެހުނު ވައްތަރެއްގެ ހެކެއް: ސިމް ސްވޮޕް ކުރުމެވެ.

ސިމް ސްވޮޕްގައި، ހެކަރަށް ތިބާގެ ސިމް ކާޑު ވަގަށް ނަގަން ނުޖެހޭނެއެވެ. ތިބާގެ ފޯނުގައި ހުންނަ އެއްޗަކީ އެއީ ތިބާގެ ފޯނުކަން ދެނެގަނެވޭ އެއްޗެކެވެ. އެމީހުން ހަމައެކަނި ތިމާ ކަމަށް ހަދައިގެން ތިމާގެ ފޯނު ނަންބަރު ބޭނުންކޮށްގެން ތިމާގެ ޓެލެކޮމް ޕްރޮވައިޑަރުގެ މުވައްޒަފަކަށް އެމީހުންނަށް އާ ސިމް ކާޑެއް އެކްޓިވޭޓް ކުރުމަށް ވިސްނައިދެއެވެ. އެކަން ދިމާވުމުން ވަގުތުން ފޯނުގެ ހިދުމަތް ގެއްލިގެން ދާނެ — އަދި ހެކަރަށް މިހާރު ތިބާގެ ނަންބަރު ބޭނުންކޮށްގެން ތިބާގެ ދިރިއުޅުމަށް ގެއްލުން ލިބިދާނެ އެވެ. އެމީހުންނަށް ތިމާ ކަމަށް ހަދައިގެން އެހެން މީހުންނަށް މެސެޖުތައް ފޮނުވައި، ބޭންކުން ފޮނުވާ ޓެކްސްޓްތައް އިންޓަސެޕްޓްކޮށް، ޕާސްވޯޑްތައް ރީސެޓްކޮށް އަމިއްލަ އެކައުންޓްތަކުން ލޮކް އައުޓް ކުރެވޭނެ އެވެ.

ސިމް ސްވޮޕް ކުރުން މާގިނަ ދުވަހެއް ނުވެ އެވެ. އެއީ ގާތްގަނޑަކަށް 2018 ވަނަ އަހަރު ގޭމަރުންނަށް އެހެން މީހުންގެ ކްރިޕްޓޯކަރަންސީ ވަގަށް ނަގާނެ ގޮތެއްގެ ގޮތުގައި ފެށި ކަމެކެވެ. އެއީ މީހެއްގެ ފޯނަށް ފުރިހަމައަށް ވަދެވޭނެ ކަމެކެވެ.

އެކަމަކު މިހާރު، ތަޖުރިބާކާރުން ބުނާ ގޮތުގައި، މި ޖަރީމާ ވަނީ އިތުރަށް ފުޅާވެފައެވެ.  އަދި މާ ބޮޑަށް އިންތިޒާމުކޮށްފަ އެވެ. އެފްބީއައި އިން ރިޕޯޓްކުރާ ގޮތުގައި 2021 ވަނަ އަހަރު ސިމް ސްވޮޕްތަކުން ޝިކާރައަކަށް ވެފައިވާ މީހުންގެ 68 މިލިއަނަށް ވުރެ ގިނަ ޑޮލަރު ފޭރިގަނެފައިވެ އެވެ.

"މި މީހުންނަކީ ކުދިކުދި ވަގުންގެ ގޮތުގައި ހީކުރެވިދާނެ،" ސައިބަ ސެކިއުރިޓީ ކުންފުންޏެއް ކަމަށްވާ ޔުނިޓް 221ބީގެ ޗީފް ރިސާޗް އޮފިސަރު އެލިސަން ނިކްސަން ވިދާޅުވި އެވެ. "އެކަމަކު 2018 ވަނަ އަހަރަށް ފަހު މިއީ މިލިއަނަރުންނަށް ވެގެން ދިޔަ ކުދިކުދި ވަގުން."

އަހަރެން ފޯނެއް ދަރަންޏަށް ނަގައިގެން ވެރީޒޯން އަށް ގުޅާލުމުން އަހަރެން ސިމް ސްވޮޕް ކޮށްފައިވާކަން ކަށަވަރުވިއެވެ. ހަތަރު ގަޑިއިރަށް ވުރެ ގިނައިރު ދުރުގައި އޮންނަ ހުޅަނގު ނިއުޔޯކުގައި ޗުއްޓީ ހޭދަކުރަމުން ދިޔައިރު، އޮހައިއޯގެ ކޮލަމްބަސްގައި ހުންނަ ވެރީޒޯން ފިހާރައަކަށް ހެކަރު ވަނީ އަހަރެން ކަމަށް ހަދައިގެން، ފޭކް އައިޑީކާޑެއް ދައްކައިގެން ސިމް އަލުން އަނގާފައެވެ. އެމީހުން ފިހާރައިގެ މުވައްޒަފަކަށް އެމީހުންގެ ފޯނު ހަލާކުވެފައިވާ ކަމަށް ބުނެ އަހަރެންގެ ފޯނު ނަންބަރު ބޭނުންކޮށްގެން އެމީހުން ގެނައި ދުވަސްވީ އައިފޯނެއް އެކްޓިވޭޓް ކުރުމަށް އެދުނެވެ.

އަހަރެންނަށް ކުރިން ދުވަހު ލިބުނު އެ އާދަޔާ ހިލާފު 0 ޑޮލަރުގެ ރަސީދު ހަނދާންވެ، ތިރީގައި ހުރި ފިހާރައިގެ އެޑްރެސް ޗެކް ކޮށްލީމެވެ. ޔަގީން އެއީ ކޮލަމްބަސް ސަރަހައްދުގައި ހުންނަ ވެރީޒޯންގެ ފިހާރައަކުން ލިބުނު އެއްޗެކެވެ.

އަހަރެން ފްލޯ ކޮށްލީ ކިހާ ފަސޭހައިން މީހަކު އަހަރެންގެ ފޯނު ވަގަށް ނަގާފާނެ ކަމެވެ. ހަމަ ޔަގީނުންވެސް އެއީ ފިހާރައިގެ މުވައްޒަފުގެ ފަރާތުން ބޮޑު ސްކްރޫއަޕް އެއް ކަމަށް ވާންޖެހެއެވެ. އެކަމަކު ވެރީޒޯންގެ މަތީ ފަރާތްތަކާ ވާހަކަ ދެއްކިއިރު، އެމީހުން ކިޔައިދިނީ ހަގީގަތުގައި އެމީހުންގެ ޑިވައިސް އެކްޓިވޭޓް ކުރުމުގެ ޕްރޮސެސް މަސައްކަތް ކޮށްފައި ވަނީ ސީދާ ވާންޖެހޭ ގޮތަށެވެ.  ހަލާކުވެފައިވާ އައިޑީ ކާޑެއް ވެސް އެ މަސައްކަތައް ފުދޭނެއެވެ. ހެކަރު ބޭނުންކުރީ ވެރީޒޯންގެ ސެކިއުރިޓީގައި ހުރި ލޫޕްހޯލްތަކެވެ. 

ވަގުތުން ވެރީޒޯން އިން ވަނީ ހެކަރުގެ ފޯނު ޑިއެކްޓިވޭޓްކޮށް އަހަރެންގެ ފޯނު އަލުން ބޭނުންކޮށްފަ އެވެ. އެކަމަކު އަހަރެން ވާހަކަ ދެއްކި މުވައްޒަފު އަހަންނަށް އިންޒާރު ދިނީ މިއީ ސްކޭމްގެ ފެށުން ކަމަށް ބެލެވޭ ކަމަށެވެ.

އެއްފަހަރަކު ހެކަރުގެ އަތުގައި އަހަރެންގެ ފޯނު ނަންބަރުގެ ކޮންޓްރޯލް އޮތުމުން އެމީހުން މާގިނަ ވަގުތު ބޭކާރު ނުކުރިއެވެ.

އެމީހުން ވެރީޒޯން ފިހާރައިން ނުކުމެގެން ކައިރީގައި ހުރި އެޕަލް ފިހާރައަކަށް ދިޔައެވެ. އަހަރެންގެ ކްރެޑިޓް ކާޑު ބޭނުންކޮށްގެން 6،370 ޑޮލަރު ހޭދަކުރި އެވެ. ދެން އެމީހުން ދުއްވައިގަތީ ރަށުގެ އެކި ހިސާބުތަކުގައި ހުރި މޯލަކަށް ގޮސް ގުޗީން ފިހާރައަށް ގޮސް، އެތަނުން ވަކިވަކިން ދެ މުއާމަލާތެއް ކުރިއިރު ޖުމްލަ 2،956 ޑޮލަރުއެރިއެވެ. އެމީހުން ނިންމާލީ ސައިކޯ ބަނީ ކިޔާ ހެދުން ވިއްކާ ފިހާރައަކުންނެވެ. އެތަނުން ގާތްގަނޑަކަށް 452 ޑޮލަރުގެ ހަރަދުކުރިއެވެ. ހުރިހާ އެއްޗެއް އެއްކޮށް ބަލާއިރު، އެމީހުން އަހަރެންގެ ކާޑުން ގާތްގަނޑަކަށް 10،000 ޑޮލަރުގެ ގަނެފައިވަނީ މަދު ވަގުތުކޮޅެއްގެ ތެރޭގައެވެ. 

ޖެހިގެން އައި ދުވަހު ހެނދުނު ފަހަރެއްގައި އެމީހުންގެ ނަސީބު އިމްތިހާނުކޮށްގެން ބެސްޓް ބައި އިން އަނެއްކާވެސް ގަންނަން މަސައްކަތް ކުރި އެވެ. އެކަމަކު މިއީ އަހަރެން ވެރީޒޯން އާއި ވާހަކަ ދައްކައިގެން އަހަރެންގެ ކާޑު ތަޅުލުމަށްފަހުގައެވެ. އެހެންކަމުން އެމީހުން ހަމަ އޭގެ ބަދަލުގައި އަހަރެންގެ ނަމުގައި ބެސްޓް ބައި ކްރެޑިޓް ކާޑެއް ހުޅުވާލިއެވެ.

އަހަރެން ނިންމީ ހެކަރު ޝޮޕިން އަށް ދިޔަ ކޮންމެ ފިހާރައަކަށް ގުޅައިގެން، ވީގޮތެއް ހޯދަން މަސައްކަތް ކުރުމަށެވެ. އަހަރެން ފުރަތަމަ ގުޗީ ޓްރައި ކުރީމެވެ. ގުޗީގެ މަންދޫބަކު އަޅުގަނޑަށް އަންގާފައި ވަނީ ގުޗީގެ ވަކިވަކި ރީޓެއިލް ލޮކޭޝަންތަކަށް ފޯނު ނަންބަރު ވެސް ނެތް ކަމަށެވެ. އިތުރަށް އެނގޭނެ ހަމައެކަނި ގޮތަކީ ފިހާރައަށް ޒިޔާރަތް ކުރުމެވެ. އަހަރެން އެނބުރި ގެއަށް އައިސް ނިއުޔޯކް ސިޓީގައި، 14 ގަޑިއިރަށް ވުރެ ގިނައިރު ދުރުގައި ހުރި އެޕަލްއަށް ދާން ނިންމީމެވެ. އަހަރެން ނިންމީ އެޕަލްގައި އަހަރެންގެ ނަސީބު ތަޖުރިބާ ކުރާށެވެ.

އެޕަލް ވެސް ހަމަ އެހާމެ އެހީތެރިކަމެއް ނުލިބުނެވެ. ފިހާރައިގެ މުވައްޒަފަކު އަދަބުވެރިކަމާއެކު އަޅުގަނޑަށް އަންގާފައިވަނީ، ގަތް ތަކެތި ސީދާ އެނގިގެން ނޫނީ، ހަރަދުކުރި ޖުމްލަ އަދަދާއި، ކާޑު ނަންބަރާއި، މުއާމަލާތުގެ މަޢުލޫމާތު ހޯދިދާނެ ގޮތެއް ނެތް ކަމަށެވެ.

އަހަރެން ނިންމީ އެންމެ ފަހުން "އިކޯ ބަނީއާ" ކިޔާ ފިހާރަށް ވެސް ގޮސް މައުލޫމާތު ހޯދާށެވެ. އެއީވެސް ހެކަމުން ވިޔަފާރި ކުރި ފިހާރައެކެވެ. އެ ތަނުން އެހީތެރިކަން ލިބުނެވެ. ސްޓޯރު މެނޭޖަރަކު ފިހާރައިގެ ސިސްޓަމަށް ބަލާލިއިރު އާދެ، އެމީހުންގެ ނަމަކީ އެވަރީ އެޗް ކަމަށް ބުނި މީހަކު އަހަރެންގެ ކާޑު ނަންބަރު ބޭނުންކޮށްގެން 452 ޑޮލަރުގެ އެއްޗެއް ގަނެފައިވާކަން ކަށަވަރުކޮށްދިނެވެ. ވިޔަފާރިކުރިމީހާ ވަނީ އަހަރެންގެ ފޯނު ނަންބަރާއި އެއް ޑިޖިޓް ދުރުގައި އޮތް ފޯނު ނަންބަރެއް ވެސް ފޯރުކޮށްދީފައި ކަމަށް މެނޭޖަރު ބުންޏެވެ. ހިތާމައަކީ އެއީ އޭނައަށް ލިބިފައިވާ މައުލޫމާތުގެ މިންވަރެވެ.

މާޔޫސްވެފައި ހުރެ އަހަރެން ފޯނު ކަނޑާލީމެވެ. ދެން 15 ވަރަކަށް މިނެޓް ފަހުން އަހަރެންގެ ފޯނު ރިންގުވިއެވެ. އެއީ ފިހާރައިގެ މެނޭޖަރު، އަނބުރާ ގުޅަމުންނެވެ. އޭނާ އާއި އޭނާގެ ޓީމުން ނިންމާފައި އޮތީ ގަތް ދުވަހުން ފެށިގެން ސެކިއުރިޓީ ފޫޓޭޖް ބެލުމަށެވެ. 

"އާނ" މެނޭޖަރު ބުންޏެވެ. "މިތަނުގައި އަހަރެން މި ބަލަމުންދާ މީހާއަކީ އަސްލު ކަލޭގެ ސީދާ އިދިކޮޅަށް ހުރި މީހެއް." ވަގަށް ނަގާފައިވާ އަންހެނަކީ އަންހެނެއް ނަމަވެސް ވަގު ތަކެތި ގަތްއިރު އޭނާ ހުރީ ޓޮޕަކާއި ފޭސް މާސްކެއް އަޅައިގެންނެވެ.

ވަގު ބޭނުންކުރީ ފިޒިކަލް ކްރެޑިޓް ކާޑެކެވެ. އެކަމަކު އަހަރެންގެ ކާޑު އަދިވެސް އޮތްއިރު އެކަން ކުރެވުނީ ކިހިނެއް ހެއްޔެވެ؟ "އެމީހުން ބޭނުންކުރީ ފިޒިކަލް ކްރެޑިޓް ކާޑެއް،" މެނޭޖަރި އަހަންނަށް ކިޔައިދިނެވެ.

ފިހާރައިގެ މެނޭޖަރު ފޫޓޭޖްތައް ހަވާލުކުރަން ކަމުން އަހަރެން ކޮލަމްބަސް ޕޮލިސް ޑިޕާޓްމަންޓަށް ގުޅީމެވެ. ނަމަވެސް ފުލުހުން ވެސް ނިންމީ އެ މައްސަލަ ނުބެލޭނެކަމަށެވެ. އަދި އަހަރެން ދޮގު ހަދަނީކަމަށް އެމީހުން އެންމެ ފުރަތަމަ ބެލިއެވެ. ސަބަބަކީ އަހަރެން ޓްރާސިޝަން ތައް އެޕްރޫފް ކޮށްފައި ހުރުމާއި، ހެކަރުން ފިޒިކަލް ކްރެޑިޓް ކާޑެއް ބޭނުންކުރުމެވެ. އަދި އެ މައްސަލަ ތަހުގީގުވެސް ނުކުރާނެ ކަމަށް ފުލުހުން ބުންޏެވެ. ސަބަބަކީ އެމީހުން ހުރީ އަހަރެން ކުރެޑިޓް ކާޑަށް މަކަރު ހަދަން އުޅުނު ކަމަށެވެ. 

އެންމެ ފަސް އޮފިސަރުން ހިމެނޭ އެ ސްކޮޑަށް އަހަރަކު 7،000 މަކަރާއި ހީލަތުގެ ރިޕޯޓް ލިބެ އެވެ. އަހަރެންނަށް އެއްވެސް ފައިސާއެއް ނުގެއްލެވުނު ނަމަ، އެއީ އެމީހުންގެ ވަގުތުގެ އަގުހުރި ކަމެއް ނޫން ކަމަށް އޮފިސަރު އަހަރެގާތު ބުންޏެވެ. 

އޭގެ ހަފްތާއެއްހާ ދުވަސް ފަހުން ޗޭސް ފްރޯޑް ޑިޕާޓްމަންޓުން ސިޓީއެއް ލިބުނެވެ. އެމީހުންގެ ވިސްނުން ބަދަލުވެއްޖަކަމަށް އެ ސީޓިގައި ލިޔެފައިއޮތެވެ.

ކުއްލިއަކަށް އަހަރެންގެ ކްރެޑިޓް ކާޑުގައި 9،778.24 ޑޮލަރު ސެޑެލް ވެއްޖެއެވެ. މި ހާދިސާ ހިނގީ އަހަރެންގެ ކައިވެންޏަށް ތިން ހަފްތާއަށް ވެފައިވަނިކޮށެވެ. 

ނޯޓު: މި ހާދިސާއަކީ އިންސައިޑާގެ ސީނިއާ ޖާނަލިސްޓު އެވަރީ ހާޓްމަންސް އަށް ދިމާވި ހާދިސާއެކެވެ. އަދި މިއީ އޭނާ ކިޔައިދީފައިވާ ވާހަކަތަކުގެ ހުލާސާ ތަރުޖަމާއެކެވެ. 


24%
ކަމުގޮސްފި
31%
އަޑުއެހިތާ މިހުރީ
28%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;