ads
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު
އޮޑިޓުން ފޮރިން މިނިސްޓްރީއަށް އަނެއްކާވެސް އޭ ސްޓާއެއް
ފޮރިން މިނިސްޓްރީގެ މާލީ އަހަރުގެ ހުރިހާ ހަރަދެއްކޮށްފައިވަނީ ރަނގަޅަށް ކަމަށް 2021 ވަނަ އަހަރުގެ އެ އެ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފިއެވެ.

2021 ވަނަ އަހަރު ފޮރިން މިނިސްޓްރީން ކަމެއްވެސް ކޮށްފައިވަނީ މާލިއްޔަތު ގާނޫނާއި ދައުލަތުގެ މާލިއްޔަތު ގަވައިދާ އެއް ގޮތަށް. އަދި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގެ މަގްސަދުތައް ހާސިލްވާ ގޮތަށް ކަމަށް ބަޔާންކޮށްފައިވަނީ މިދިޔަ ހަފްތާގައި އާއްމު ކުރި ފޮރިން މިނިސްޓްރީގެ 2021 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައެވެ.

މާރިޗު މަހުގެ 30 ވަނަ ދުވަހު ޕަބްލިޝް ކުރެއްވި 2021 ވަނަ އަހަރުގެ ފޮރިން މިނިސްޓްރީގެ އޮޑިޓުގައި، އެ މިނިސްޓްރީގެ ހުރިހާ ކަމެއްވެސް ރަނގަޅު ކަމަށް އޮޑިޓަރ ޖެނެރަލް ފާހަގަ ކުރައްވާފައިވާއިރު، ފޮރިން މިނިސްޓްރީގެ 2020 ވަނަ އަހަރުގެ ހުރިހާ ކަމެއްވެސް ކޮށްފައިވަނީ ރަނގަޅަށް ކަމަށް 2020 ވަނަ އަހަރުގެ އޮޑިޓުގައިވެސް ފާހަގަކޮށްފައިވެއެވެ.  

މި އޮފީހުން ދެކޭ ގޮތުގައި މައިގަނޑު ގޮތެއްގައި ފޮރިން މިނިސްޓްރީން 31 ޑިސެމްބަރު 2021 އަށް ނިމުނު މާލީ އަހަރުގެ ހަރަދުތައް ކޮށްފައިވަނީ އެ އަހަރަށް ރައްޔިތުންގެ މަޖިލީހުން އެ މިނިސްޓްރީއަށް ފާސްކޮށްދެއްވި ބަޖެޓުގެ މަގްސަދުތައް ހާސިލްވާ ގޮތަށް، ބަޖެޓުގައި ކަނޑައެޅިފައިވާ ކަންތައްކަކަށް ބަޖެޓްގައި ކަނޑައެޅިފައިވާ މިންވަރަށް، ދައުލަތުގެ މާލިއްޔަތު ގާނޫނާ ދައުލަތުގެ މާލިއްޔަތު ގަވައިދާ އެއް ގޮތަށެވެ. އޮޑިޓް ރިޕޯޓު

2020 އަދި 2021 ގައިވެސް ފޮރިން މިނިސްޓްރީގެ އޮޑިޓްގައި ހުރިހާ ކަމެއްވެސް ރަނގަޅު ކަމަށް ފާހަގަ ކުރައްވާފައިވީނަމަވެސް އޭގެ ކުރީ އަހަރު، ފޮރިން މިނިސްޓްރީގެ ހަރު މުދަލުގެ ހިސާބު ރަނގަޅަށް ނެތްކަން އެ އަހަރުގެ އޮޑިޓުގައި ފާހަގަކޮށްފައިވެއެވެ.

 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް