ads
ބީއެމްއެލްގެ މުވައްޒަފުންގެ ފަރާތުން ވަނީ އުނގެނުމަށާއި ހުނަރު ދަސްކުރުމަށް ބޭނުން ކުރާ ކުޅޭ ތަކެއްޗާއި ފޮތް 'ފިޔަވަތި' އަށް ހަދިޔާކޮށްފައި - ފޮޓޯ:ބީއެމްއެލް
ބީއެމްއެލް މުވައްޒަފުންގެ ދީލަތި އެހީއެއް 'ފިޔަވަތި' އަށް
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މުވައްޒަފުންގެ ފަރާތުން އުނގެނުމަށާއި ހުނަރު ދަސްކުރުމަށް ބޭނުން ކުރާ ކުޅޭ ތަކެއްޗާއި ފޮތް ކުޑަކުދިންގެ މަރުކަޒު 'ފިޔަވަތި' އަށް ހަދިޔާކޮށްފިއެވެ.

ބީއެމްއެލުން ބުނެފައިވަނީ މުޖުތަމައަށް ހެޔޮ ބަދަލެއް ގެނައުމަށް އެ ބޭންކުގެ މުވައްޒަފުން ކުރަމުންދާ މަސައްކަތުގެ ދަށުން ފިޔަވަތީގައި ދިރިއުޅެމުންދާ ކުދިން ބޭނުންކުރާނެ ސާމާނާއި ފޮތް ހަދިޔާކުރުމަށް ވަރަށް ދީލަތި އެހީތެރިކަމެއް ފޯރުކޮށްދީފައިވާ ކަމަށެެވެ. އެގޮތުން ކިޔެވުމަށް ބޭނުންވާ ކުޅޭ ސާމާނާއި ވާހަކަ ފޮތް، ކުލަޖައްސާ ފޮތް، ކްރާފްޓް ސެޓް، ބޯޑު ގޭމްސް، ސްޓޭޝަނަރީސްގެ އިތުރުން ޕަޒްލް ހަދިޔާކޮށްފައިވާ ކަމަށް ބީއެމްއެލުން ބުނެއެވެ.

your imageބީއެމްއެލްގެ މުވައްޒަފުންގެ ފަރާތުން ވަނީ އުނގެނުމަށާއި ހުނަރު ދަސްކުރުމަށް ބޭނުން ކުރާ ކުޅޭ ތަކެއްޗާއި ފޮތް 'ފިޔަވަތި' އަށް ހަދިޔާކޮށްފައި - ފޮޓޯ:ބީއެމްއެލް

ބީއެމްއެލުން ބުނި ގޮތުގައި ފާއިތުވި އަހަރުގެ ރޯދަ މަހު އެ ބޭންކުގެ މުވައްޒަފުން އިސްނަގައިގެން އަސާސީ ބޭނުންތައް ފުއްދުމަށް ދަތި އާއިލާތަކަށް އެހީވުމަށް މަމްސް އެއިޑުން ހިންގާ 'ހެލްޕް އަ ފެމިލީ' ޕްރޮގްރާމަށް އަސާސީ ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމުގައެވެ. އަސާސީ ބޭނުންތައް ފުއްދުމަށް ދަތި އާއިލާތަކަށް އެހީވުމަށް ވޭތުވެދިޔަ ތިން އަހަރުގެ ރޯދަ މަހު އެ ބޭންކުން ވަނީ އާކް އެއިޑް ޕްރޮގްރާމަށްވެސް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދީފައި ކަމަށް ބީއެމްއެލުން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް