ads
ހުވަދު އަތޮޅުގެ އާރުޓީއެލް ފެރީ ދަތުރުތަކުގައި ބޭނުންކުރުމަށް ބަނދެފައިވާ ފުރަތަމަ ފެރީ ލޯންޗު - ފޮޓޯ:އެމްޓީސީސީ
އާރުޓީއެލް ފެރީ ދަތުރުތައް ޖުލައި މަހު ހުވަދޫގައި ފަށަނީ
އާރުޓީއެލް ފެރީ ދަތުރުތައް އަންނަ ޖުލައި މަހުގެ ތެރޭގައި ހުވަދު އަތޮޅުގައި ފެށުމަށް މަސައްކަތްކުރަމުންދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
Advertisement

މުޅި ރާއްޖޭގެ ހުރިހާ ރަށެއް އެއް ވިއުގައަކުން ގުޅާލުމަށް ސަރުކާރުން ފެށި އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކުގެ ދެ ވަނަ ފިޔަވަހީގެ ދަށުން ހުވަދު އަތޮޅުގައި ބޭނުން ކުރާ ފުރަތަމަ ފެރީ ލޯންޗާ އެމްޓީސީސީން އިއްޔެ ވަނީ ހަވާލުވެފައެވެ. ތިލަފުށި ބޯޓްޔާޑުން އެ ލޯންޗު މޫދަށް ބޭލުމަށްފަހު، ނޫސްވެރިންނާ ވާހަކަ ދައްކަމުން އެމްޓީސީސީގެ ޓްރާންސްޕޯޓް ޑިވިޝަންގެ ޖެނެރަލް މެނޭޖަރު އިސްމާއިލް ފާރިގް ވިދާޅުވެފައިވަނީ މި ފަހަރު ބޭނުން ކުރާ ފެރީ ލޯންޗުތަކަކީ އާރުޓީއެލްގެ ފުރަތަމަ ފިޔަވަހީގައި ބޭނުންކުރި ލޯންޗުތައް ފަދައިން ކޮންޑިޝަން ރަނގަޅު، ރީތި ލޯންޗުތަކެއް ކަމަށެވެ. ދެވަނަ ފިޔަވަހީގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ ފެރީ ލޯންޗުތަކަކީ ކުރީގެ ލޯންޗުތަކަށް ވުރެ ޖާގަ ތަނަވަސް ލޯންޗުތަކެއް ކަމަށް ފާރިގް ވިދާޅުވިއެވެ.

ފާރިގް ވިދާޅުވި ގޮތުގައި މި ލޯންޗުތަކަކީ 50 މީހުންގެ ޖާގައިގެ ފެރީ ލޯންޗުތަކެއް ނަމަވެސް އެތެރޭގައި ޖާގަ ތަނަވަސްވާނެ ކަމަށާއި ވީލް ޗެއާ އާއި ސްޓްރެޗާ ބަހައްޓާ ސަރަހައްދުގެ ޖާގަ ކުރިއަށް ވުރެ ބޮޑުވެފައި ބޭނުންކުރުމަށް ފަސޭހަވާނެ ކަމުގައެވެ.

ފާރިގް ވިދާޅުވެފައިވަނީ ހުވަދު އަތޮޅުގައި ދަތުރުތައް ފަށާނީ ހަ ފެރީ ލޯންޗާ އެކު ކަމަށާއި އަންނަ ޖުލައި މަހާ ހަމައަށް ލޯންޗުތަކުގެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ. ހުވަދު އަތޮޅަށްފަހު އެ ކުންފުނިން މަސައްކަތް ކުރާނީ އާރުޓީއެލް ފެރީގެ ނިޒާމުން ފުވައްމުލަކު ސިޓީ އާއި އައްޑޫ ސިޓީ ގުޅާލުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

your imageހުވަދު އަތޮޅުގެ އާރުޓީއެލް ފެރީ ދަތުރުތަކުގައި ބޭނުންކުރުމަށް ބަނދެފައިވާ ފުރަތަމަ ފެރީ ލޯންޗު - ފޮޓޯ:އެމްޓީސީސީ

ހުވަދު އަތޮޅުގައި ފަށާ ދަތުުރުތައްވެސް ކަނޑައެޅިފައިވާ ވަކި މުއްދަތަކަށް ކުރަމުން ދާނީ ހިލޭކަން ފާހަގަކުރައްވާ ފާރިގް ވިދާޅުވެފައިވަނީ އެ މުއްދަތުގެ ތެރޭގައި ދަތުރުކުރާ ރޫޓްތަކަށާއި ހިދުމަތް ހަރުދަނާކުރުމުގެ ގޮތުން ގެންނަން ޖެހޭ ބަދަލުތައް ގެންނާނެ ކަމަށެވެ.

އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކުގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ ހއ.،ހދ. އަދި ށ. އަތޮޅުގައި އެމްޓީސީސީގެ ފަރާތުން އަންނަނީ އާރުޓީއެލް ފެރީގެ ހިދުމަތް ދެމުންނެވެ. އޭގެ އިތުރުން އެ ކުންފުނިން އަންނަނީ ޅ. އަތޮޅުގައި ވެސް ފެރީގެ ހިދުމަތް ދެމުންނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް