ads
ހަރުފަ ބޯޓްގެ ފުރޮޅު ކައިރީ
ޕައިލެޓްގެ ގޮނޑިދަށުން ވިހަގަދަ ހަރުފައެއް ފެނި އިމަންޖެސީގައި ޖައްސައިފި
ސައުތު އެފްރިކާގައި 11000 ފޫޓް މަތިން އުދުހެމުން ދިޔަ ކުޑަ މަތިންދަ ބޯޓެއްގެ ކޮކްޕިޓް ތެރެއިން ވިހަގަދަ ހަރުފައެއް ފެނި އިމަޖެންސީގައި ޖައްސަން ޖެހިއްޖެއެވެ.
Advertisement

ހަތަރު ފަސިންޖަރުންނާއެކު ދަތުރު ކުރަމުން ދިޔަ ފްލައިޓްގެ ޕައިލެޓާ ހަވާލާދީ ރިޕޯޓްކޮށްފައިވާގޮތުން އޭނާއަށް ފިނިކަމެއް އިހްސާސް ވުމުން ބަލާލިއިރު ގޮނޑިދަށުން ހަރުފައެއްގެ އެއްބައި ބޭރަށް ފެންނަން އޮތެވެ.

ކޮކްޕިޓް ތެރެއިން ފެނުނީ ވިހަގަދަ ހަރުފައިގެ ވައްތަރެއް ކަމަށްވާ ކޯބްރާއެއްކަން ޔަގީން ކުރެވޭކަމަށް ޕްއިލެޓް ބުނެއެވެ. ކޯބްރާއެއް ވިހަލައިފި ނަމަ 30 މިނެޓްތެރޭ އިންސާނަކު މަރުވުމުގެ ފުރުސަތު ބޮޑެވެ.

ވޮސެސްޓާ އިން ވެސްޓަން ކޭޕްޓައުނަށް ދަތުރު ކުރަމުންދިޔަ، ބޯޓުން ހަރުފަ ފެނުމުން އިމަޖެންސީގައި 15 ވަރަކަށް މިނެޓްތެރޭވަނީ އެންމެ ކައިރީގައި އޮތް ވޮލްކޮމް އެއާޕޯޓަށް އިމަޖެންސީގައި ޖައްސާފައެވެ.

ބޯޓް ޖެއްސުމަށް ފަހު، ހަރުފަ ހިފާ މީހެއް ގެނެސްގެން ބެލި ނަމަވެސް ބޯޓުން ހަރުފަ ފެނިފައެއް ނުވެއެވެ. އެހެންކަމުން ބޯޓް ޖެއްސުމުން ނުވަތަ އޭގެ ކުރިން ހަރުފަ ބޯޓުން ބޭރުވިކަމަށް ބެލެވެއެވެ.

ބޯޓްގައި ހަރުފަ އޮތްކަން ޔަގީން ކުރެވޭ އަނެއްކަމަކީ ދަތުރުގައި ތެޔޮއަޅަން މަޑުކުރި ބްރެމްފިޝާ އެއާޕޯޓުން ބޯޓް ނައްޓާލުމުގެ ކުރިން ނަގާފައިވާ ފޮޓޮއެކެވެ. އެ ފޮޓޯގައި ވަރަށް ސާފުކޮށް، ބޯޓްގެ ފުރޮޅެއް ކައިރިން ކޯބްރާ ހަރުފައެއް ދާތަން ފެނެއެވެ.

20%
ކަމުގޮސްފި
60%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް