ads
މިނިސްޓަރ އޮފް ޓުއަރިޒަމް ޑރ.މައުސޫމް
ފަތުރުވެރިކަމުގެ މަންފާ ސީދާ ރައްޔިތުންނަށް ލިބޭ: މައުސޫމް
ފަތުރުވެރިކަމުގެ ނަފާއާއި މަންފާ ސީދާ ދިވެހި ރައްޔިތުންނަށް ލިބޭކަމަށް ޓުއަރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވިދާޅު ވެއްޖެއެވެ.

ފަތުރުވެރިކަމިުގެ މަންފާ ސީދާގޮތެއްގައި ދިވެހިންނަށް ލިބޭކަމަށް ވިދާޅުވެ، މިނިސްޓަރު މައުސޫމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކޮމިއުނިޓީ ބޭސްޑް ޓުއަރިޒަމް (ރައްޔިތުންގެ ފަތުރުވެރިކަން) މިހާރު ރާއްޖޭގެ ހުރިހާ އަތޮޅަކަށް ފެތުރިފައިވާކަމަށާއި މިގޮތުން ޖުމްލަ 909 ފެސިލިޓީއެއްގައި ޖުމްލަ 16،300 އެނދު އެބަހުރިކަމަށާއި އެއީ ރާއްޖޭގެ ޖުމްލަ އެނދުގެ ހަތާވީސް އިންސައްތަކަމަށްވެސް މިނިސްޓަރު މައުސޫމް ވިދާޅުވެފައިވެއެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި، ރަށްތަކުގައި ހުޅުވޭ ގެސްޓްހައުސްތަކުގެ ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަ މަންޒަރާއެކު، އެ ގެސްޓްހައުސްތަކަށް ފަތުރުވެރިންނަށް ފަސޭހައިން ދެވޭނެ އިންތިޒާމެއްވެސް ހަމަޖެހިފައި އޮންނަންވާނެކަމަށް މިދާއިރާގައި ހަރަކާތްތެރިވާ މީހުންދެކެއެވެ.

މިގޮތުން މޯލްޑިވިއަންގް ފްލީޓަށް އޭޓީއާރު މަރުކާގެ ބޯޓުތަކެއް ގެނެވި، އައި ބަދަލާއެކު، މިހާރު އެބޯޓްތަކުން ސާފިންގް އަށް ޚާއްސަކޮށް އަންނަ ފަތުރުވެރިން ގެންދާ ސާފިންގް ބޯޑު ތައް ނުގެންދެވޭކަމުގެ ޝަކުވާ ވަރަށްގިނަ ގެސްޓްހައުސް ތަކުން ކުރަމުންއެބަ ގެންދެއެވެ. މީގެިއިތުރުންވެސް އެތެރޭގެ އުދުހުންތަކުގެ އަގު ބޮޑުވުމާއެކު، ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރިނަމަވެސް، ޚަރަދުކުރާ މިންވަރު ވަރަށް ކުޑަވެއްޖެ ކަމަށާއި، އޭގެ ގެެއްލުން ގެސްޓްހައުސް ހިންގާ ފަރާތްތަކަށް ލިބެމުން އަންނަކަމަށްވެސް އެފަރާތްތަކުން ދަނީ ބުނަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް