ads
އެމްއައިބީގެ އޭޓީއެމްއެއް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބެހެއްޓުމުގެ އެއްބަސްވުމުގައި ސޮއިކުރުން - ފޮޓޯ:އާބަންކޯ
ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެމްއައިބީގެ އޭޓީއެމްއެއް ބަހައްޓަނީ
ހުޅުމާލެ ދެވަނަ ފިޔަވަހީގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ އޭޓީއެމްއެއް ބެހެއްޓުމުގެ އެއްބަސްވުމެއްގައި އާބަންކޯ އާއެކު އެމްއައިބީން ސޮއިކޮށްފިއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އޭޓީއެމް ބެހެއްޓުމުގެ އެއްބަސްވުމުގައި އެމްއައިބީގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކުގެ މެނޭޖިން ޑިރެކްޓަރު މުފައްދަލް އިދުރީސް ހުމްރީއެވެ. އާބަންކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފެވެ.

އެމްއައިބީގެ މި އޭޓީއެމް ގާއިމު ކުރުމަށް ނިންމާފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ވަގުތީ މިސްކިތް ކުރިމަތީގައިވާ ވިނަރެސް ފްލެޓުގައެވެ. މި އޭޓީއެމް އާއެކު ހިޔާ ފްލެޓް އަދި ވިނަރެސް ފްލެޓުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެއެވެ.

ނިމިދިޔަ މަހު އެމްއައިބީން ވަނީ ޑޮލަރު އޭޓީއެމްއެއް މާލޭގައި ހުޅުވާފައެވެ. އެ ބޭންކުގެ ޑޮލަރު އޭޓީއެމް ބަހައްޓާފައި ވަނީ އޯކިޑު މަގާއި ފާމުދޭރި މަގު ގުޅޭ ކަންމަތީގައި ހުންނަ ފާމުދޭރިގޭގައެވެ.

އެމްއައިބީގެ އޭޓީއެމްތައް ކުޅުދުއްފުށި ސިޓީ، ބ. އޭދަފުށި، މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށި، ގދ. ތިނަދޫ، ފުވައްމުލައް ސިޓީގެ އިތުރުން އައްޑޫ ސިޓީގައި ވެސް ހުރެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް