ads
ދުނިޔެއާއި ދިމާލަށް މިސްރާބު މިރޭ ޖެހި ދެ ގިނިހިލަ ދައްކުވައިދޭ ގްރެފިކްސް ފޮޓޯއެއް
ގިނި ހިލަތަކެއް ދުނިޔެއާ ދިމާލަށް ވަނީ މިސްރާބު ޖަހާފަ: ނާސާ
ދުނިޔެއާއި ދިމާލަށް މިސްރާބު ޖަހާފައިވާ ބައެއް ގިނިހިލައެއްގެ މައުލޫމާތު ނާސާއިން ހާމަކޮށްފިއެވެ.

ކުރިއަށް އޮތްތަނުގައި ދުނިޔެއާ ކައިރިން އަންނާނެ އެސްޓްރޮއިޑްތަކުގެ ލިސްޓެއް ނާސާއިން އާންމުކޮށްފިއެވެ. އެސްޓްރޮއިޑްތަކާއި ކޮމެޓްތަކާއި އުޑުމަތިން އެކުލެވޭ މި ކުދިކުދި އުޑުމަތީގެ ތަކެތި އަޅުގަނޑުމެންނަށް އެތައް ގޮތަކުން ހައިރާންކަން ލިބި، ކުރީގެ އިރުގެ ނިޒާމުގެ ފޮސިލައިޒްޑް ރެކޯޑެއްގެ ގޮތުގައި ހިދުމަތް ކޮށްދެއެވެ.

ނާސާއިން ބުނެފައިވާގޮތުން 3،865 ކޮމެޓާއި އެނގޭ 1،278،065 އެސްޓްރޮއިޑް ދުނިޔެ އެކުލެވޭ އިރުގެ ނިޒާމު ނުވަތަ ސޯލާ ސިސްޓަމުގައި އެބަހުއްޓެވެ.  މީގެ 4.6 ބިލިއަން އަހަރަށް ވުރެ ގިނަ ދުވަސް ކުރިން އިރުގެ ނިޒާމުގައި އުފެދުނު ތަކެއްޗެވެ. 

މިގޮތުން މިއަދު ދުނިޔެއާއި 3،570،000 މޭލު ކައިރިއަށް 65 ފޫޓުގެ ގިނިހިލައެއް އައިސްފައިވާކަމަށް ނާސާއިން ބުނެއެވެ. މީގެ އިތުރުން 67656 ކިލޯމީޓަުގެ ގިނިހިލައެއް މިރޭ ދުނިޔެއާއި 4,190,000 މީޓަރު ކައިރިއަށް ދާނެކަމަށް ނާސާއިން ބުނެއެވެ. 

ނާސާގެ އެސްޓްރޮއިޑް ވޮޗް ޑޭޝްބޯޑުން ދުނިޔެއާ ނިސްބަތުން ކައިރި އެސްޓްރޮއިޑްތަކާއި ކޮމެޓްތައް ކައިރިވާ ގޮތް މޮނިޓާ ކުރެ އެވެ. ޑޭޝްބޯޑުގައި ކޮންމެ ދިމާވުމެއްގެ ތަފްސީލު ލިބިގެންދާއިރު، އެންމެ ކައިރިން ކައިރިވި ތާރީހާއި ލަފާކުރެވޭ އެއްޗެއްގެ ދިގުމިނާ ނިސްބަތުން ސައިޒާ ދުނިޔެއާ ދުރުމިން ހިމެނެއެވެ. 

ނާސާއިން ލިސްޓު އާންމުކޮށްފައިވާ މި ގިނިހިލަތަކުން ދިނިޔެއަށް ނުރަކެއް އޮތްކަމަށް ނުފެންނަކަމަށް ވެސް ނާސާއިން ބުނެއެވެ. ނަމަވެސް މިއީ ދުނިޔެއާއި މިހާ ކައިރިން ގިނިހިލިތަކެއް ދާކަން ނާސާއިން ފަހުގެ ތާރީހެއްގައި އިއުލާނުކުރި ފުރަތަަމަ ފަހަރެވެ.  

47%
ކަމުގޮސްފި
24%
އަޑުއެހިތާ މިހުރީ
18%
ސަތޭކައަކުން ސުމެއް
12%
ވަރަށް ސަލާމް
ކޮމެންޓްސް