ads
ހިންމަފުށި ސުކޫލުގެ ސެކިއުރިޓީ ރޫމަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ސްޓެލްކޯގެ މުވައްޒަފުން ކުރަނީ - ފޮޓޯ:ސްޓެލްކޯ
ހިންމަފުށި ސުކޫލުގެ ސެކިއުރިޓީ ރޫމަށް ދިމާވި ކަރަންޓުގެ މައްސަލަ ހައްލުކޮށްފި
ކ. ހިންމަފުށި ސުކޫލުގެ ސެކިއުރިޓީ ރޫމަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަތައް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ ފަރާތުން ހައްލުކޮށްދީފި އެވެ.
Advertisement

ސްޓެލްކޯއިން ބުނީ ހިންމަފުށީ ސުކޫލުގެ އެދުމުގެ މަތިން، އެ ސުކޫލުގައި އޯލެވެލް އިމްތިހާނުގެ ޕޭޕަރުތައް ރައްކާކުރާ ސެކިއުރިޓީ ރޫމަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަތައް އެ ރަށު އިންޖީނުގޭގެ މުވައްޒަފުން މިހާރު ހައްލުކޮށްދީފައިވާ ކަމަށެވެ.

ސްޓެލްކޯ ހިންމަފުށި އިންޖީނުގޭގެ މުވައްޒަފުން ކުރި މި މަސައްކަތުގެ އިތުރުން އެ ކުންފުނިން ހިދުމަތް ދެމުން ގެންދާ ބައެއް ރަށްރަށުގެ އިންޖީނުގެތަކުގެ މުވައްޒަފުން ދަނީ އެ ރަށްރަށުގެ މުއްސަސާތަކުން އެދޭ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން ރާއްޖޭގެ ސިއްހީ ދާއިރާއަށް 75 އަހަރު ފުރުމާއި ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަ ކުރުމަށްޓަކައި އދ. ދިއްދޫ ހެލްތު ސެންޓަރުގެ އެދުމުގެ މަތިން އެ ސެންޓަރު ދިއްލާލުމަށް އެ ރަށު އިންޖީނުގޭގެ މުވައްޒަފުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ސްޓެލްކޯއިން ބުނެއެވެ.

ސްޓެލްކޯއިން ބުނެފައިވަނީ ރަށްރަށުގެ މުއްސަސާތަކުން އެދޭ ކަންކަމުގެ އިތުރުން އެ ރަށްރަށުގައި ކުރިއަށް ގެންދާ އިޖުތިމާއީ އެކި މަސައްކަތްތަކުގައި އެ ކުންފުނީގެ މުވައްޒަފުން އަމަލީގޮތުން ބައިވެރިވެ، އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ.

your imageހިންމަފުށި ސުކޫލުގެ ސެކިއުރިޓީ ރޫމަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ސްޓެލްކޯގެ މުވައްޒަފުން ކުރަނީ - ފޮޓޯ:ސްޓެލްކޯ

ބައެއް ރަށްރަށުގައި ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން ކުރެވުނު މަސައްކަތްތަކުގައި ސްޓެލްކޯގެ މުވައްޒަފުން ބައިވެރިވެ، އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ. އެގޮތުން އއ. ހިމަންދޫގައި މަސައްކަތް ކުރަމުންދާ އެ ކުންފުނީގެ މުވައްޒަފުން ވަނީ އެ ރަށު މިސްކިތުގެ ހަރިންމަ ތެރޭގައި އަތުރާފައިވާ ގާތަށް ދޮވެ ސާފުކޮށްދީފައި ކަމަށް ސްޓެލްކޯއިން ބުނެއެވެ.

ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން އދ. ކުނބުރުދޫ މިސްކިތުގެ ވަށާފާރު ދޮވެ ސާފުކޮށްދިނުމުގެ މަސައްކަތް އެ ކުންފުނީގެ މުވައްޒަފުން ކޮށްދީފައިވާ ކަމަށް ސްޓެލްކޯއިން ބުނެއެވެ. ސްޓެލްކޯއިން ބުނި ގޮތުގައި އެ ކުންފުނީގެ ފަރާތުން ރަށުގެ ކައުންސިލަށް ހަދިޔާ ކޮށްފައިވާ އޭސީ ހަރުކޮށްދީފައިވާ ކަމަށާއި މިސްކިތުގައި މައްސަލަ ޖެހިފައިވާ ލައިޓްތައް ރަނގަޅު ކުރުމުގެ މަސައްކަތްވެސް ކޮށްދީފައިވާ ކަމުގައެވެ. އެ މަސައްކަތްތަކުގެ އިތުރުން ކުނބުރުދޫ އިންޖީނުގޭގެ މުވައްޒަފުންގެ ހެޔޮ އެދުންތަކާ އެކު، އެ ރަށު މިސްކިތަށް ސައުންޑް ސިސްޓަމެއް ހަދިޔާ ކޮށްފައިވާ ކަމަށް ސްޓެލްކޯއިން ބުނެއެވެ.

ސްޓެލްކޯއިން ބުނީ ރަށު ފެންވަރުގައި ހިންގޭ މި ފަދަ އިޖުތިމާއީ ހަރަކާތްތަކުގައި ބައިވެރިވުމަކީ އެ ކުންފުންޏަށް އަބަދުވެސް ލިބޭ އުފަލެއް ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް