ads
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ
މީރާގެ މާޗް މަހުގެ އާމްދަނީ ދެ ބިލިއަން ރުފިޔާއަށް
2023 ވަނައަހަރުގެ މާޗްމަހު މީރާގެ އާމްދަނީ އަކީ 2.19 ބިލިއަން ރުފިޔާ ކަމަށް އެ އޮތޯރިޓީއިން ހާމަކޮށްފިއެވެ.
Advertisement

މީރާގެ މާލީ ހިސާބުތަކުން ދައްކާގޮތުން މި އަދަދަކީ 2022 ވަނައަހަރުގެ މާޗް މަހުގެ އާމްދަނީ އާއި އަޅާބަލާއިރު، 1.2 އިންސައްތައިގެ ދަށްވުމެއް ކަމަށާއި އެހެންނަމަވެސް، 2023 ވަނައަހަރުގެ މާރިޗްމަހުގެ ލިބޭނެކަމަށް އަންދާޒާކުރި އާމްދަނީއަށް ވުރ 6.4 އިންސައްތައިގެ އިތުރު އަދަދެއްކަމަށެވެ.

އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ ކުންފުނިތަކާއި ފަރުދުން-ނޫން ފަރާތްތަކުގެ އާމްދަނީއިން ނަގާ ޓެކުހާއި ނަން ރެޒިޑެންޓް ވިތުހޯލްޑިންގް ޓެކުހުގެ އާމްދަނީ ދަށްވުމެވެ. އާމްދަނީ އިން ނަގާ ޓެކްސްގެ 2021 ވަނަ އަހަރުގެ ފައިނަލް ޕޭމަންޓް ބައެއް ފަރާތްތަކުން ސުންގަޑީގެ ކުރިން ދައްކާފައިވުމުގެ ސަބަބުންވެސް 2023 ވަނަ އަހަރުގެ މާޗު މަހުގެ އާމްދަނީ، މާޗު 2022 އާ އަޅާބަލާއިރު ދަށްވެފައިވެއެވެ.

މީގެ އިތުރުން، 2023 ވަނަ އަހަރުގެ ދެ ވަނަ ކުއާޓަރުގެ ރިޒޯޓުތަކުގެ ކުލި ނެގުމުގެ މުއްދަތު 2023 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް އިތުރުކޮށްފައިވާތީ، މާރިޗު 2022 އާ އަޅާބަލާއިރު، ރިޒޯޓުތަކުގެ ކުލީގެ ގޮތުގައި ލިބިފައިވާ އާމްދަނީ ދަށްވެފައިވާކަމަށްވެސް މީރާއިން މައުލޫމާތުދެއެވެ.

މާޗު 2023 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ އިތުރަށް އާމްދަނީ ލިބިފައިވާ މައިގަނޑު ސަބަބަކީ ރިޒޯޓުތަކުގެ ކުލި، ޖީ.ޖީ.އެސް.ޓީ، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ، ނަން-ރެޒިޑެންޓް ވިތްހޯލްޑިންގ ޓެކްސް، ޑިޕާޗަރ ޓެކްސް އަދި ގްރީން ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީ މާރިޗު މަހު ލިބޭނޭ ކަމަށް އަންދާޒާކުރި ވަރަށްވުރެ އިތުރުވުންކަމުގައި މީރާއިން މައުލޫމާތުދެއެވެ. 

ރާއްޖެ އަންނާނެ ކަމަށް އަންދާޒާކޮށްފައިވާ ފަތުރުވެރިންގެ އަދަދަށްވުރެ މި މުއްދަތުގައި ރާއްޖެ އައިސްފައިވާ ފަތުރުވެރިންގެ އަދަދު4.0%  އިތުރުވެފައިވުމުގެ ސަބަބުން ޓޫރިސްޓުންނާ ގުޅޭ އާމްދަނީ އިތުރުވެފައިވާކަމަށްވެސް މީރާއިން މައުލޫމާތުދެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް