ads
އަނަސް
އަނަސްގެ މަރުގެ މައްސަލަ ހުކުމާ ހިސާބަށް
މީގެ ހަ އަހަރު ކުރިން މާލޭގައި ގްރޫޕަކުން ގޮސް ހަމަލާދީ މަރާލި މުހައްމަދު އަނަސްގެ މަރުގެ މައްސަލާގެ ޝަރީއަތުގެ އަޑުއެހުންތައް މިއަދު ނިންމާލައި، ހުކުމާ ހަމައަށް ގޮސްފި އެވެ.

2017 ވަނަ އަހަރުގެ ޖުލައި މަހު، ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ގްރޫޕަކުން ގޮސް ހަމަލާދީ އަނަސް މަރާލި މައްސަލާގައި ހަތް މީހަކަށް ދައުލަތުން ކްރިމިނަލް ކޯޓުގައި ދައުވާކުރެ އެވެ. ކުޑަކުއްޖެއްގެ މައްޗަށް 18 އަހަރުގެ ޖަލު ހުކުމެއް މިދިޔަ އަހަރު ހައި ކޯޓުން ވަނީ އިއްވައިފަ އެވެ.

މި މައްސަލައިގައި ދެން ދައުލަތުން ދައުވާ ކުރަނީ ލ. ގަން ތުނޑި ނަންނާރިގޭ ޖުނައިހް އަބްދުﷲ އާއި ދަފްތަރު ނަމްބަރު 1746 ސިމާހް މޫސާ އާއި ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒްގެ އިތުރުން ޅ. ކުރެންދޫ އަސުރުމާގޭ އަހުމަދު ޒަޔާނާއި މ. ދިމިޝްގު އުސްމާން ޝަރީފާއި މ. ލޮނުމިދިލިގޭ އަފްރާހު އަބްދުއްރައްޒާގު އަދި ތ. ކިނބިދޫ ގުލްފާމްގޭ މުހައްމަދު ޝާޒްގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދެ ފަރާތުން ހުލާސާ ބަޔާން ހުށަހެޅުމުން އެ މައްސަލާގެ އަޑުއެހުންތައް ވަނީ ނިންމާލައިފަ އެވެ. ޖިނާއީ އިޖްރައާތުގެ ގާނޫނުގައިވާ ގޮތުގެ މަތިން ކުރިއަށް އޮތް 30 ދުވަސް ތެރޭގައި މައްސަލާގެ ހުކުމް އިއްވާނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް