ads
މަރިޔަމް މަޖުދާ (މަޖޫ)
ރާއްޖޭގެ ލެޖެންޑެއްގެ ގޮތުގައި ދެކެނީ ޔޫސޭ: މަޖުދާ
ރާއްޖެއިން ލެޖެންޑެއްގެ މަގާމު ދޭނަމަ އެފަރާތަކީ ޔޫސުފް ރަފީއު( ޔޫސޭ) ކަމަށް މަޝްހޫރު ފިލްމީތަރި މަރިޔަމް މަޖުދާ (މަޖޫ) ބުނެފިއެވެ.
Advertisement

މަޖޫ ތައާރަފްވެފައިވަނީ 2009 ވަނަ އަހަރު ފިލްމީ ދާއިރާއިރާއިންނެވެ. އޭނާ އެންމެ ފުރަތަމަ ކުޅުނު ޓީވީ ސީރީޒްއަކީ "ކުރުކޮށް ފޮނިކޮށް "ކިޔާ ކޮމެޑީ ޑްރާމާ ސީރީސްއެކެވެ. 

ސީ.އެން.އެމް އަށް ދިން އެކްސްކުލޫސިވް އިންޓަވިއުއެއްގައި މަޖޫ ބުނީ އެނާއަށް ޔޫސޭގެ ހުނަރުފެނި "އިންޕްރެސްވީ" މޫމިން ފުވާދު ލިޔެ ޑައިރެކްޓުކުރި ވެބް ސީރީޒް "ގަމިނި" ގައި ޔޫސޭ ކުޅެފައިވާ މޮޅު ރޯލު ފެނުމުންކަމަށެވެ.  

"ގަމިނީގައި ޔޫސޭގެ ރޯލުން ޔޫސޭ އަންގާލައިފި އޭނަޔައް ނުކުޅެވޭނެ ހަމަ އެއްވެސް ރޯލެއް ނެތްކަން،" ކަމަށް މަޖޫބުންޏެވެ.

ފިލްމީ ދާއިރާގެ އެއްވެސްމީހަކާއެކު މަސައްކަތް ކުރަން އުނދަގޫ ނޫން ކަމަށް މަޖޫބުންޏެވެ. ކޮންމެ މަސައްކަތެއް ފިލްމީ ދާއިރާގައި ކުރި ނަމަވެސް، އެ މަސައްކަތެއް ކުރަނީ ކުރާހިތުން ކަމަށް މަޖޫބުންޏެވެ. 

އޭނާ މިގޮތުން އެންމެ ފާހަގަކޮށްލެވޭ މަސައްކަތެއް ކޮށްފައިވަނީ، ފިލްމު "ބަޅިނދު" ގައި ފިލްމީތަރި އަހުމަދު އާސިމާއެކު ކަމަށް ވެސް މަޖޫބުންޏެވެ.

"މިހާތަނަށް އެކީގަ އެކްޓް ކުރެވުނު އެންމެ މޮޅު ރޯލެއް ކުޅެވުނީ އާސިމްއާއެކު. ދެން ޖުމަލްއާއެކު"  މަޖުދާ

މިހާރު ކުރަމުންދާ މަސައްކަތް ތަކަށް އަލިއަޅުވާލަމުން މަޖޫ ބުނީ މިވަގުތު އޭނާ ޝޫޓު ކުރަމުން އަންނަނީ "ޤަރީނާ" ކިޔާ ފިލްމެއްގައި ކަމަށެވެ. ނަމަވެސް ރޯދަ މަހަށް ޝޫޓިން ހުއްޓާލާފައި އޮތްކަމަށް މަޖޫ ބުންޏެވެ. މިހާރު 75 ޕަސެންޓް ނިމިފައިވާ "ޤަރީނާ"ގެ ބާކީ 25 ޕަސެންޓްގެ މަސައްކަތް ރޯދަ ނިމުނުހާ އަވަހަކަށް ތާވަލް ކުރެވިފައި ވާކަމަށެވެ.

ފިލްމު ކުޅުމުގެ އިތުރުން ވެސް ހުނަރުވެރިއެއް: 

މޭކަޕް ކުރުމަށް ވެސް ޝައުގުވެރިކަން ހުންނަ މަޖޫ ބުނާ ގޮތުން އެއީ ހަމައެކަނި ހޮބީއެއްގެ ގޮތުގައި ކުރާކަމެއް ކަމެކެވެ. ނަމަވެސް އާމްދަނީ އެއް ހޯދުމުގެ ގޮތުން ވެސް ކުރަން ވަރަށް ރަނގަޅުކަމެއް ކަމަށް މަޖޫ ބުނެއެވެ. މިގޮތުން އަހުމަދު އާސިމް ޑައިރެކްޓު ކުރި ބައިސްކޯފުގެ ސީރީޒް "ވިހާލި" ސީރީސްގެ 3 އެޕިސޯޑެއްގައި މަޖޫގެ މޭކަޕް ފެނިގެން ގޮސްފައިވެއެވެ.  

ޢާމްދަނީއެއް ހޯދަން ވެސް ހަމަ ކުރަން ވަރަށް ރަނގަޅު ކަމެއް މޭކަޕް ކުރުމަކީ- މަޖުދާ


މަޖޫގެ ފިލްމީ ދާއިރާގެ ތަޖުރިބާތައް: 

މިހާތަނަށް އެކި ޝޫޓިންގް ތަކުގައި ދެވުނު ރަށްތަކުގެ ތެރެއިން މ. މުލަކުން ލިބުނު އެއްބާރުލުން ފާހަގަ ކުރަމުން މަޖުދާ ބުނީ އެންމެ މީރު ކާއެއްޗެހި ވެސް ލިބިފައި ވަނީ މ. މުލަކުން ކަމަށެވެ. ހަމަ މިއާއި އެކު އެންމެ ބޮޑު ސަޕޯޓެއް ލިބުނީ އައްޑޫ ސިޓީންކަމަށް މާލެ ސިޓީއަށް ނިސްބަތްވާ މަޖުދާ ބުންޏެވެ. 

ދިވެހި އުފެއްދުންތަކުގެ ތެރެއިން އެންމެކަމުދަނީ މޫމިން ފުއާދު އާއި އަލީ ޝިފާއު (ޗިއްޕެ) ގެ ފިލްމްތައްކަމަށް އޭނާ ބުންޏެވެ. 

އޭނާގެ ފިލްމީ ދާއިރާގެ ތަޖުރިބާތައް ހިއްސާކުރަމުން އޭނާ ބުނީ، އޭނާ އެންމެ ދެރަ ވަނީ ބައެއް ފަހަރު ފިލްމީ ދާއިރާއަށް ދޭންޖެހޭ އެއްބާރުލުން މުއައްސަސާތަކުން ނުލިބޭތީކަމަށެވެ. 

އެންމެ ދަތިވަނީ ފިލްމެއްގެ މަންޒަރެއް ޝޫޓް ކުރަން ދާ އިރު ބައެއް ފަހަރަށް ހުއްދަ ނަގަން ޖެހޭ ތަންތަނުން ހުއްދަ ނުލިބިގެން ޝޫޓިންގްތައް ލަސްވެ ބައެއް ފަހަރު ސްޓާރުންނަށާއި ފިލްމް އުފައްދާ ފަރާތްތަކަށް ވެސް ގެއްލުންތައް ލިބޭތީ. ހޮލީވުޑް ފަދަ ތަންތާގައި ހުންނަ ފިލްމީ އޭރިޔާތަކާއި ސެޓްތައް ރާއްޖެއިން ފެންނާނެ ދުވަހެއް ދެކެން ވަރަށް ބޭނުން- މަޖޫ 

ހަނދާނުން ފުހެލަން އެންމެ ދަތި ކަމަކީ ކޮބާތޯ ސުވާލު ކުރުމުން މަޖުދާ ބުނީ ހަނދާނުން ފުހެލަން އުނދަގޫ އެއްވެސް ކަމެއް ނެތް. 

"އެކަމަކު ބަޅިނދުގެ ޝޫޓިންގް ތެރޭ އެއްދުވަހު ހޭލިއިރު މުޅިމޫނު ހުރީ އެލާޖިކް އެއްވެފައި. ވަރަށް ބިރުގަތް އެދުވަހު. ފިލްމީ ދާއިރާ އާ އަލަށް ގުޅޭ ކުދިންނަށް ބުނެލަން އޮތީ މިދާއިރާ އަކީ ވަންނަން ފަސޭހަ ދާއިރާއެކޭ. އެކަމަކު ކުރިޔައް ދާން ވަރަށް ހިތްވަރު ކުރަން ޖެހޭ ދާއިރާއެކޭ. ކެތްތެރިކަމާއި ސާބިތު ކަމާއެކީ ކުރިއަށް ގޮސް ކާމިޔާބު މީހަކަށް ވެވިދާނެ ދާއިރާއެއް މީ" މަޖޫ ބުންޏެވެ.
75%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
13%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް