ads
އަމީނީމަގު ތާރުއެޅި ސަރަހައްދު
ގުނަން ހުންނަވާ، މިދަނީ މަޝްރޫއުތައް ނިންމަމުން: މޫކޭ
ރައްޔިތުންގެ މަޖިލީހުގެ އުގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ދުވަސް ގުނުމުގައި ހުންނެވުމަށާއި، އެކަމަކު ރޯޑު ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ދަނީ ހަވާލުފެވައިވާ މަސައްކަތްތައް ނިންމާލުމަށް ކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ) ވިދާޅުވެއްޖެއެވެ.
Advertisement

އާއްމުކޮށް ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓްވިޓަރުގައި އެއްބޭފުޅަކު އަނެއްބޭފުޅަކަށް ރައްދު ދެއްވާ އުގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދާއި، އާރުޑީސީގެ އެމްޑީ މޫކޭގެ މިފަހަރުގެ ރައްދު ދިނުމުގެ ސިލްސިލާ ފެށުނީ އިއްޔެގެ ވަގުތެއްގައި، ރ. އަލިފުށީގެ މަގުތަކުގައި ތާރުއެޅުމަށް އާރުޑީސީ އާއި ހަވާލުކުރިވާހަކަ ޓްވީޓް ކުރައްވައި، އެ ޕްރޮޖެކްޓް ހަވާލުކުރީ ކޮންމެހެން މަގުހަދާކަށް ނޫން ކަމަށް ވިދާޅުވެ ޓްވީޓް ކުރެއްވުމުންނެވެ. 

އިތުރަށް ވަހީދު ވިދާޅުވީ ރ. އަލިފުށީ މަގުތަގައި ތާރުއެޅުމަށް ހަވާލުކުރެވުނީ ކުރިޔަށް އޮތް ރިޔާސީ އިންތިހާބަށް ކެމްޕޭނު މަސައްކަތްކުރަނެ މުސާރަވެރި އިތުރު ފަސްދޮޅަހަކަށް މީހުން "ކުއްޔަށް" ނަގަން ކުރާ ކަމެއްކަމަށާއި، އެހެން ނޫންނަމަ، ހަތަރު އަހަރު ވީއިރު އެއްމެ ރަށެއްގެ މަސައްކަތްވެސް އާރުޑީސީއަށް ނިންމާލެވުނީސް ކަމަށެވެ. 

އަދި 2019 ވަނައަހަރު، 385 ދުވަހުން ނިންމަން ހަވާލުކުރި މަސައްކަތް އަދިވެސް ނުނިމޭކަމަށާއި، ކޮންމެ 10 ދުވަހަކުން ސެގްމެންޓެއް ނިންމަން އޮތް އަމީނީމަގު އޮތީ ހާވާލާފައިކަމަށެވެ.

މިއަށް ރަށްދުދެއްވައި މޫކޭ ވިދާޅުވީ، ވަހީދު ޖެހޭނީ ދުވަސްގުނުމުގައި ހުންނަވަން ކަމަށާއި އާރުޑީސީއިން ދަނީ މަސައްކަތްތައް ނިންމާލުމަށް ކަމަށެވެ. މީގެއިތުރުން ވަޒީފާގެ ފުރުސަތުވެސް މިސަރުކާރުންދިންވަރަށް ވުރެ އިތުރަށް އެއްވެސްބަޔަކަށް ނުދެވޭނެކަަމަށާއި، ކިތައްމެ ހިތުގަ ޖެހުނަސް އެމަގުން އެކަން ހިނގާނެކަމަށެވެ.

މޫކޭ ވިދާޅުވީ، ޓްވީޓްކުރަން އިންނަ މީހަކަށް ހާވާހެން ހީވެދާނެކަމަށާއި، 2019ގެ ފަހުން ލަސްވެގެން ދިޔަސަބަބު ލިޔެކިޔުމުން ފެންނަންހުންނާނެ ކަމަށެވެ. އަމީނީ މަގުގެ މަސައްކަތް ޕްލޭން ކުރެވުނީ 24 ގަޑިއިރު މަސައްކަތްކުރާ ގޮތަށް ކަމަށާއި، އެގޮތަށް އެކަން ނުކުރެވުނީ އެމަސައްކަތުގައި ޝާމިލުވާ އެހެން ކުންފުނިތަކުން އެކަމަށް އެއްބަސް ނުވެވިގެން ކަމަށެވެ.

އަމީނީ މަގުގަައި ތާރުއެޅުމަށް އާރުޑީސީ އާއި ހަވާލުކުރެވިގެން ކުރިއަށްދާ މަސައްކަތް ލަސްވެ، އާއްމުކޮށްފައިވާ ޝެޑިއުލްއާއި އެއްގޮތަށް ކުރިއަށް ނުދާތީ، ގިނަ ބަޔަކު ޝަކުވާ ކުރެއެވެ.

50%
ކަމުގޮސްފި
10%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް