ads
ފޮޓޯ: އައިޖީއެމްއެޗް
ކޮމްޕްލެކްސް ޕީސީއައި ވިތު އިމޭޖިންގް ވާކްޝޮޕެއް ބާއްވަނީ
އައިޖީއެމްއެޗްގެ ނޭޝަނަލް ކާޑިއެކް ސެންޓަރުން އިންތިޒާމުކޮށްގެން ކޮމްޕްލެކްސް ޕީސީއައި ވިތު އިމޭޖިންގް ވާކްޝޮޕެއް ބާއްވަން ނިންމައިފިއެވެ.

އެޕްރީލް މމަހުގެ 28، 29 އަދި 30 ވަނަދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި މަސައްކަތު ބައްދަލުވުމަކީ، އައިޖީއެމްއެޗްހެ ނޭޝަނަލް ކާޑިއެކް ސެންޓަރުން އިންތިޒާމުކޮށްގެން ބާއްވާ މިފަދަ ދެވަނަ މަސައްކަތު ބައްދަލުވުމެވެ.

މިފަހަރުގެ މަސައްކަތު ބައްދަލުވުމުގައި ބޭރުގެ 4 ކާޑިއޮލޮގިސްޓުން ކިޔަވައިދިނުމަށް ބައިވެރިވެވަޑައިގަންނަވާނެކަމަށާއި، މި މަސައްކަތު ބައްދަލުވުމުން ތަމްރީނު ހޯދުމަށް މިފަހަރު ރާއްޖެއިން ބޭރުގެ 30 އަށްވުރެ ގިނަ ކާޑިއޮލޮޖިސްޓަކުވެސް ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވާކަމަށް އައިޖީއެމްއެޗް އިން މައުލޫމާތު ދެއެވެ.

މި މަސައްކަތު ބައްދަލުވުމުގައި ކިޔަވައިދިނުމަށް ވަޑައިގަންނަވާ ބޭފުޅުންނަކީ އިޓަލީ، ޖަރުމަނުވިލާތް، އިންޑިއާ އަދި ބަންގަލަދޭޝްގެ ތަޖުރިބާކާރު ކާޑިއޮލޮޖިސްޓުންކަމަށާއި، އަދި މިބައްދަލުވުމުގެ މަގްސަދަކީ ފަސޭހައިން ނުހުޅުވޭގޮތަށް ބެދިފައި ހުންނަ ހިތުގެ ހޮޅިތައް އެކިވައްތަރުގެ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން އަދި ހިތުގެ ހޮޅީގެ އެތެރެއަށް ލައްވާ ސްކޭންކުރާ ކެމެރާތަކުގެ އެހީގައި ހުޅުވާނެ ގޮތްތައް ކިޔަވައިދިނުންކަމަށްވެސް އައިޖީއެމްއެޗް އިން މައުލޫމާތުދެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް