ads
މިޔަރު
ވ އަތޮގައި ފީނަމުން ދިޔަ އަންހެނަކަށް މިޔަރެއް ހަމަލާދީފި
ވ، އަތޮޅުގައި ފީނަމުން ދިޔަ ފަތުރުވެރިއަކަށް މިއަރެއް ހަމަލާދޭ ވީޑިއޯ އެއް ބައިނަލްއަގުވީ ނޫސްތަކުގެ ސަމާލުކަން ހޯދައިފިއެވެ.
Advertisement

މި ވީޑިއޯއިން ފެންނަނީ ވ. އަތޮޅުގައި ފީނަމުން ދިޔަ ސެރްވެލޯ ކިޔާ އަންހެނަކަށް މިޔަރު ހަމަލާ ދިން މަންޒަރެވެ. 

އޭނާއަށް ހަމަލާ ދީފައިވަނީ ނިދަން މިޔަރެއް ކަމަށް ވެސް އެ އިންޑިޕެންޑެންޓުން ނެރުނު ރިޕޯޓުގައި ބުނެފައިވެއެވެ. 

އަންހެން މީހާއަށް މިޔަރު ހަމަލާ ދިން އިރު އޭނާގެ ބަޑީ ޑައިވަރަކަށް ހުރީ އިބްރާހިމް ޝަފީގު ކިޔާ ދިވެއްސެކެވެ. 

"ހަމަލާގައި މާބޮޑު އަނިޔާއެއް ނުވޭ. ނަމަވެސް ނިދަން މިރަށް އެއްވެސް ބަޔަކު ކާން ދީ ނުހެދުން ވަރަށް މުހިންމު،" ޝަފީގު ނިޔޯކު ޕޯސްޓަށް މި ހާދިސާއާއި ގުޅޭގޮތުން ބުނެފައިވެއެވެ. 

މި ވީޑިއޯގެ ވާހަކަ ވަނީ "އިންޑިޕެންޑެންޓް" ފަދަ ނޫސްތަކުން ވެސް ކަވަރުކޮށްފައެވެ. 

މިޔަރު ދަތްއެޅުމުގެ ސަބަބުން ސީރިއަސް އަނިޔާއެއް ނުވި ނަމަވެސް، ހަ އިންޗި ފުންމިނަށް އޭނާގެ ބުރަކަށިން ތަންތަންގަނޑު ވަނީ ކަފައިގެން ގޮސްފައެވެ. 

މިޔަރު ހަމަލާދިނީ 45 މިނެޓުވަންދެން ފީނި ފަހުންނެވެ.  

މި ހާދިސާ ހިނގި ސީދާ ދުވަހެއް ނޭގުނު ނަމަވެސް މިއީ ފަހުގެ ތާރީހެއްގައި ހިނގާފައިވާ ހާދިސާއެކެވެ. 

ފީނާ މީހަކަށް މިޔަރު ހަމަލާ ދިނުމަކީ ވަަރަށް ނާދިރު ކަމެކެވެ. ނަމަވެސް މިޔަރަށް ކާންދީ ހަދާނަމަ ފީނާ މީހުންނަށް މިޔަރު ހަމަލާ ދޭ މިންވަރު އިތުރުވެއެވެ. މިދިޔަ އަހަރުވެސް އީޕީއޭއިން ވަނީ މިޔަރަށް ކާން ނުދިނުމަށް އަންގާފައެވެ. 

ވ އަތޮޅަކީ މިޔަރާއެކު ފީނުމަށް ފަތުރުވެރިންގެ ތެރޭގައި މަގުބޫލު މަންޒިލެކެވެ. 

64%
ކަމުގޮސްފި
18%
އަޑުއެހިތާ މިހުރީ
9%
ސަތޭކައަކުން ސުމެއް
9%
ވަރަށް ސަލާމް
ކޮމެންޓްސް