ads
ކެބިނެޓް ބައްދަލު ވުމުގެ ތެރެއިން
ރައީސް އޮފީސް 2020 ހަރަދު މަދު، 2021 ހަރަދު އިތުރު!
ރައީސުލްޖުމްހޫރިއްޔަގެ އޮފީހުގެ ބަޖެޓުން 2020 ވަނަ އަހަރު ހަރަދު ކުރިއިރު، ބޮޑުތަނުން ހަރަދުކޮށްފައިވާއިރު، 2021 ވަނަ އަހަރު ހަރަދު އިތުރުކަމަށް އެ އޮފީހުގެ އޮޑިޓް ރިޕޯޓުން ދައްކައިފި އެވެ.

އޮޑިޓް ރިޕޯޓުން ދައްކާގޮތުން 2020 ވަނަ އަހަރު ރައީސް އޮފީހަށް މަޖިލީހުން ފާސްކުރި 175 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް ކޮވިޑްގެ ހާލަތާއި ގުޅިގެން ބަޖެޓުން 29.3 މިލިއަން ރުފިޔާވަނީ އުނިކޮށްފައެވެ.

އެއާއެކު 2020 ވަނަ އަހަރު ރައީސް އޮހީފަށް ޖުމްލަ ބަޖެޓްގެ ގޮތުގައި 145.6 މިލިއަން ރުފިޔާ ކަނޑައެޅުނުއިރު ހަރަދު ކުރެވުނީ 142 މިލިއަން ރުފިޔާއެވެ. އަދި އުނިކުރި ބަޖެޓައިއެކު ކަނޑައެޅި 142 މިލިއަން ރުފިޔާގެ ތެރެއިންވެސް އަހަރު ނިމުނުއިރު ބަކީ 3.6 މިލިއަން ރުފިޔާ ހުރިކަމަށް އޮޑިޓް ރިޕޯޓުން ދައްކައެވެ.

އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ 2021 ވަނަ އަހަރު ރައީސްސުލްޖުމްހޫރިއްޔާގެ އޮފީހަށް މަޖިލީހުން 171.1 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކުރިއިރު ބަޖެޓަށް ފަހުން 8.9 މިލިއަން ރުފިޔާ އިތުރުކުރިކަމަށެވެ.

އިތުރުކުރި ބަޖެޓާއިއެކު 2021 ވަނަ އަހަރު ރައީސް އޮފީހަށް 2021 ވަނަ އަހަރު 180.1 މިލިއަން ރުފިޔާ ކަނޑައެޅިއިރު އެއަހަރު ވަނީ 178.8 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ. އަދި އަހަރު ނިމުނު އިރު ރައީސް އޮފީހުގެ ބަޖެޓުން ބޭނުން ނުކޮށް ބަކީ 1.2 މިލިއަން ރުފިޔާ ހުރިކަމަށްވެސް އޮޑިޓް ރިޕޯޓުން ދައްކައެވެ.

އޮޑިޓަރު ޖެނެރަލް ފާހަގަ ކުރެއްވި ގޮތުގައި ރައީސް އޮފީހުން ހަރަދު ކޮށްފައިވަނީ ގާނޫނާއި ގަވާއިދު އެއްގޮތަށް ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް